އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޣައްޒާގެ އެތައްހާސް ރައްޔިތުން ޝަހީދުކޮށްލައި ޣައްޒާ ސުންނާފަތިކޮށްލީ ހަމާސްގެ ސަބަބުން ކަމަށް ބުނާމީހުން ނިކަން މިއެންމެ ސުވާލަށް ޖަވާބުދީބަލަ-؟

ޣައްޒާގެ އެތައްހާސް ރައްޔިތުން ޝަހީދުކޮށްލައި ޣައްޒާ ސުންނާފަތިކޮށްލީ ހަމާސްގެ ސަބަބުން ކަމަށް ބުނާމީހުން ނިކަން މިއެންމެ ސުވާލަށް ޖަވާބުދީބަލަ-؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

- ވެސްޓް ބޭންކުގައި ހަމާސްގެ އެއްވެސް ބައަކު ނެތި އަދި ހަމާސްއާއި ގުޅުންހުރި، ހަމާސްއަށް ވާގިވެރިވާ ބައަކުވެސް ނެތްއިރު ވެސްޓް ބޭންކުގެ ސަރަޙައްދުތަކަށް ބޮން އަޅައި، ބަޑިން ޙަމަލާދީ ކޮންމެ ދުވަހަކު އެތައް ބައަކު ޝަހީދުކުރަމުން ގެންދަނީ ކީއްވެގެން ހެއްޔެވެ؟ 

ކުރަންހުރި އެހެން ސުވާލުތައްވެސް ބައިވަރެވެ.  

- ހަމާސްގެ މުޖާހިދުން އިޒްރޭލަށް ވަދެގަތުމުގެ ކުރިން ކޮންމެ ދުވަހަކު ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެ އެމީހުންގެ ގެދޮރަށް ވެރިވެގަންނަމުން ދިއައީވެސް ހަމާސްގެ ހަނގުރާމަވެރިންނާއިހުރެ ހެއްޔެވެ؟   

- މަސްޖިދުލް އަޤްޞާގެ ތެރެއަށްވަދެގަނެ އެތަނުގައި އަޅުކަންކުރަން ތިބޭ މީހުން ޝަހީދުކޮށް، ހައްޔަރުކޮށް އަޅުކަން ކުރަން ހުރަސް އަޅަނީވެސް ހަމާސް އާއިހުރެ ހެއްޔެވެ؟  

- ފާއިތުވި 75 އަހަރަށް ބެލި ނަމަވެސް ވެސްޓް ބޭންކްގެ ސަރަޙައްދުތައް ހިމެނޭ ގޮތުން ކޮންމެ ދުވަހަކުހެން ފަލަސްޠީންގެ ރައްޔިތުން ޝަހީދުކުރަމުން އައީވެސް ހަމާސް އާއި ހުރެހެއްޔެވެ؟  

މިފަދަ ކިތަންމެ ސުވާލުތަކެއް ކުރެވިދާނެއެވެ. ނިކަން ޖަވާބުދީބަލާށެވެ! މިފަދަ ސުވާލުތަކަށް ޖަވާބު ނުދެވޭއިރު ހަމާސް އެއީ ބަހަނާއަކަށް ދައްކައި ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓް ޔަހޫދީ ޓެރަރިސްޓުން ދައްކާ ބަހަނާތަކުގައި އޮތީ ކޮން ބުރަދަނެއް ހެއްޔެވެ؟ އެވާހަކަތައް ވާނީ ފިތުނަވެރި ވާހަކަތަކަށް ނޫން ހެއްޔެވެ؟

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް