އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޣައްޒާއަށް ނިޔުކްލިއަރ ބޮން އަޅަން ގޮވާލުމާއެކު ނިޔުކްލިއަރ ހަމަލާދެވޭނެ ސަބްމެރިން އެމެރިކާއިން ސަރަހައްދަށް ގެންގޮސްފި- ދެންވާނީ ކިހިނެއް؟

ޣައްޒާއަށް ނިޔުކްލިއަރ ބޮން އަޅަން ގޮވާލުމާއެކު ނިޔުކްލިއަރ ހަމަލާދެވޭނެ ސަބްމެރިން އެމެރިކާއިން ސަރަހައްދަށް ގެންގޮސްފި- ދެންވާނީ ކިހިނެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 54 ސިކުންތު

ޣައްޒާއަށް ނިޔުކްލިއަރ ބޮން އަޅަން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓް ވަޒީރު ގޮވާލުމާއެކު ނިޔުކްލިއަރ ހަމަލާދެވޭނެ ސަބްމެރިން އެމެރިކާއިން ސަރަހައްދަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ޢާންމުކޮށްފިއެވެ.

މަކަރުވެރި އެމެރިކާއިން ބޭނުންވަނީ ސަރަޙައްދުގައި ބޮޑު ހަނގުރާމައެއްކޮށް މެދުއިރުމަތީގެ ބާރު އެމެރިކާގެ ދަށަށް ގެންދިއުންކަމަށް މިހާރުވަނީ ޤަބޫލުކުރަންޖެހިފައެވެ. ނިޔުކްލިޔަރު ޙަމަލާ ދިނުމާއި ދެކޮޅަށް މުޅި ދުނިޔެ އަޑު އުފުލަމުންދާ ވަޤުތެއްގައި ނިޔުކްލިޔަރު ޙަމަލާދިނުމުގެ ބިރު ދައްކަން އެމެރިކާއިން ފެށުމަކީ ކުޑަކަމަކަށް ނުވެއެވެ. 

ހަމައެއާއިއެކު ދުނިޔޭގައި ތިބި އެންމެ ނުރައްކާތެރި ކުލީ ސިފައިންނަށް ބޮޑުއަގުދީގެން ޣައްޒާއަށް ގެންގޮސް ހަމގުރާމައިގައި އެމީހުންނާއި އެމީހުންގެ ފައުޖުތައް ބައިވެރިކުރުވައިފިއެވެ. ވީމާ މިހާރު ޣައްޒާގައި ކުރަމުން ގެންދާ ހަނގުރާމައަކީ ހަމައެކަނި ހަމާސް ނައްތާލަން ކުރަމުން ގެންދާ ހަނގުރާމައެއް ކަމަށް ޤަބޫލުކުރުމުގެ އެއްވެސް ބޭނުމެއް ނެތްކަން މިވަނީ ކިތަންމެ ރަނގަޅަކަށްވެސް ހާމަވެފައެވެ. 

ސުވާލަކީ ދެންވާނީ ކިހިނެއްހެއްޔެވެ؟ މިއުޅެނީ ޣައްޒާގެ އިތުރުން މެދުއިރުމައްޗަށް އެމެރިކާ ވެރިވެގަންނަން ހެއްޔެވެ؟ 

ސައިފް އަޒްހަރު ވީނިޔުސްގައި ލިޔުއްވާފައިވާ ރިޕޯޓުންވެސް މިބަޔާންކުރި ކަންކަމަށް ހެކިލިބިގެންދެއެވެ. 

ޒަޔަނިސްޓު އިސްރާއީލުން ބޮޑުއަގު ދީގެން ޔޫރަޕުން ކުލީސިފައިން ގެންގޮސް ޣައްޒާގައި ގަތުލުއާންމު ހިންގަން ފޮނުވާފައިވާކަން މި ހަފްތާގައި ހާމަވެގެން ގޮސްފައި ވެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި، ބޭރު އެތައް ގައުމެއްގެ ކުލީސިފައިން، އިސްރާއީލުގެ ޓެރަރިސްޓު ސިފައިންނާއެކު ޣައްޒާގައި ހަނގުރާމަ ކުރަމުން އެބަގެންދެއެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ އެލް މުންޑޯއިން މިދިޔަ ހުކުރުދުވަހު އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ، ސްޕެއިންގެ ކުލީސިފައިންގެ މީހެއް ކަމަށްވާ ޕެޑްރޯ ޑިއާޒް ފްލޯރެސް، ޣައްޒާގައި އިސްރާއީލަށް ހަނގުރާމަކޮށްދެމުން ގެންދާ ކަމަށެވެ.

ޕެޑްރޯ ޑިއާޒް ފްލޯރެސްއަކީ، ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތުމުން، އޭނާގެ ގްރޫޕް ގޮވައިގެންގޮސް ޔޫކްރެއިނަށް ހަނގުރާމަކޮށްދޭން އުޅުނު ވަރުގަދަ ކުލީސިފައިންގެ މީހެކެވެ.

ރަޝިޔާގެ ހަމަލާތަކުގައި އޭނާ މަރުވެފައިވާ ކަމަށް ރަޝިޔާއިން ބުނެފައިވަނިކޮށް، އިސްރާއީލުން ބޮޑުއަގު ދީގެން އޭނާ ޣައްޒާގައި ހަނގުރާމަކުރަން އުޅޭކަންވަނީ ފަޅާއަރާފައެވެ.

އެލް މުންޑޯ ނޫހުން އޭނާއާ އިންޓަރވިއުވެސް ކޮށްފައި ވެއެވެ.

އެލް މުންޑޯއަށް މައުލޫމާތު ދެމުން ޕެޑްރޯ ޑިއާޒް ފްލޯރެސް ބުނެފައިވަނީ، އޭނާ ހަނގުރާމައަށް އައީ ފައިސާދޭތީ ކަމަށާއި، އިސްރާއީލުން ބޮޑު އަގެއް ދޭ ކަމަށެވެ. އެގޮތުން، ހަފްތައަކަށް 4،187 އެމެރިކަ ޑޮލަރު ދޭ ކަމަށާއި، ހަނގުރާމަކުރަން ރަނގަޅު ހަތިޔާރުވެސް ފޯރުކޮށްދޭ ކަމަށް ބުނެފައި ވެއެވެ.

އެހެން ނަމަވެސް، ޕެޑްރޯ ޑިއާޒް ފްލޯރެސް ބުނެފައިވަނީ، އޭނާ ސީދާ ހަމާސްއާ ދެކޮޅަށް ހަނގުރާމަ ނުކުރާ ކަމަށެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ، އިސްރާއީލު ސިފައިންގެ ގާފިލާތަކާއި، ސިފައިންގެ ފައުޖުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ކަމަށެވެ.

ޕެޑްރޯ ޑިއާޒް ފްލޯރެސް ބުނެފައިވަނީ، އޭނާއާއެކު ހަތިޔާރުއެޅި ހަނގުރާމަވެރި އެތައް ގްރޫޕެއް ހަރަކާތްތެރިވާ ކަމަށެވެ.

އެލް މުންޑޯގެ އާޓިކަލްގައި، ޕެޑްރޯއާއި އޭނާގެ ބައިވެރިން ޣައްޒާ ބޯޑަރުގައި އިސްރާއީލުން ޖަހާފައިވާ ޗެކްޕޮއިންޓެއްގައި ތިބި މަންޒަރުގެ ފޮޓޯއެއްވެސް ޝާއިއުކޮށްފައި ވެއެވެ.

އިސްރާއީލުން ބޮޑުއަގު ދީގެން ކުލީސިފައިން ގެންގޮސް ޣައްޒާގައި ހަނގުރާމަ ކުރުވަމުންދާ ކަމުގެ ރިޕޯޓްތައް މި އާންމުވީ، ޔޫކްރެއިންގައި ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދިޔަ ކުލީސިފައިންގެ ގްރޫޕްތައް އިސްރާއީލަށް އެހީތެރިވެދީ، އިސްރާއީލު ސިފައިންނާ ބައިވެރިވުމަށް ޝައުގުވެރިވެ އެ ދިމާއަށް ސަމާލުކަން ހުއްޓެމުންދާ ކަމަށް މިދިޔަމަހު ރިޕޯޓްތައް ފެތުރިފައި ވަނިކޮށެވެ.

ޔޫކްރެއިން ދިފާއުކުރަން ހަތިޔާރުދީ، ހިތްވަރުދީ ތާއީދު ދެމުންގެންދިޔަ ހުޅަނގުގެ ސަމާލުކަންވެސް މިހާރު ހުއްޓިފައިވަނީ އިސްރާއީލަށެވެ.

އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާގައި ބޮޑެތި ގަތުލުއާންމުތަކާއި، ހަނގުރާމައިގެ ޖަރީމާތައް ފާޅުކަންބޮޑު ގޮތެއްގައި ހިންގަމުން ގެންދާއިރުވެސް ހުޅަނގު އޮތީ އިސްރާއީލާ އެކުގައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް