އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަމާސް އެއްގޮތަކަށްވެސް ނެތް ވެސްޓްބޭންކުން ފަލަސްޓިނުގެ ހަތްހާހަށްވުރެ ގިނަ ރައްޔިތުން ފާއިތުވި 8 އަހަރުގެ ތެރޭގަ ޝަހީދުކުރީ ހަމާސްއާ ހުރެތަ؟

ހަމާސް އެއްގޮތަކަށްވެސް ނެތް ވެސްޓްބޭންކުން ފަލަސްޓިނުގެ ހަތްހާހަށްވުރެ ގިނަ ރައްޔިތުން ފާއިތުވި 8 އަހަރުގެ ތެރޭގަ ޝަހީދުކުރީ ހަމާސްއާ ހުރެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ހަމާސްއާއި ފަލަސްޠީނުގެ ރައްޔިތުންނާއި ގުޅުވައިގެން ދައްކާ ވާހަކަތަކަށް އަހުރެން ރައްދުދޭނަމެވެ. އަހުރެންގެ މިސުވާލަށް ނިކަން ޖަވާބުދީބަލާށެވެ! 

އޮކްޓޯބަރު 7 ގެ ކުރިން ފާއިތުވި 8 އަހަރުދުވަހުގެ ތެރޭގައި އިޒްރޭލުން ވަނީ ވެސްޓްބޭންކުގައި ދިރިއުޅޭ 7000 އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން އެކިދުވަސްމަތިން ޝަހީދުކޮށްފައެވެ. 

ވެސްޓްބޭންކް ސަރަޙައްދަކީ ހަމާސްގެ އެންމެ މީހަކުވެސް އުޅޭ ސަރަޙައްދެއް ނޫނެވެ. ހަމާސްގެ އެއްވެސް ޙަރަކާތެއް ހިންގާ ސަރަޙައްދެއްވެސް ނޫނެވެ. އެހެންކަމަށްވާއިރު ވެސްޓްބޭންކުގައި ދިރިއުޅޭ ފަލަސްޠީނު ރައްޔިތުން ޝަހީދުކުރަނީ ކީއްވެގެން ހެއްޔެވެ؟ 

މިހުރީ އަހުރެންގެ ހިތުގައި އުފެދޭ ސުވާލުތަކެވެ. ދެން އޮތީ ހަމާސްއިން އިޒްރޭލަށް ޙަމަލާދޭންޖެހުމެވެ. 

ޣައްޒާ ސަރަޙައްދު އިޒްރޭލުން ޙިޞޯރުކޮށްގެން ތިބޭތާ 17 އަހަރުވީއެވެ. މިއަަހރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައިވެސް ޙާލު ބޮޑުވެގެން ޣައްޒާއިން ބޭރަށް ގެންދަން ޖެހުނު 600 އަށްވުރެ ގިނަ ކުޑަކުދިންނަށް ފަރުވާދޭން ބޭރަށް ގެންދިއުމަށް އިޒްރޭލުން ވަނީ ހުރަސް އަޅައިފައެވެ. މިހުންނަނީ އިންސާނުންނަށް ޤަބޫލުކޮށް ކެތްކޮށްގެން އަބަދު ތިބެވޭނެ ކަންކަން ކަމާއިމެދުގައިވެސް ވިސްނާލަން ނުޖެހެނީ ހެއްޔެވެ؟ އެކުދިންގެ ފުރާނަ ސަލާމަތްކުރަން މަސައްކަތް ނުކޮށް ތިބެވޭނީ ކިހިނެއް ހެއްޔެވެ؟  

ދެން އޮތީ 7 އޮކްޓޯބަރުގައި ހަމާސް އިން އިޒްރޭލަށް ދިން ޙަމަލާތަކެވެ. ކިރިޔާ ފުރުޞަތެއް ލިބުނަސް އެފަދަ ކަންކަން ކުރާ ބައަކަށް ކަންތައް ކުރަންޖެހޭނީ ކިހިނެއްތޯ ކުރާ ސުވާލެވެ. 

އެގޮތަށް އަރައިގަންނަން އެޖެހެނީ ޣައްޒާގެ ރައްޔިތުންގެ ޙައްޤުތައް ލިބުމަށް ހުރަސް އަޅައި އަޅުވެތިކޮށްގެން ގެންގުޅޭތީ ނޫންހެއްޔެވެ؟ ޣައްޒާގެ ރައްޔިތުންނަށް އެމީހުންގެ ޙައްޤުތައް ދީފައިވަނިކޮށް އެފަދަ ޙަމަލާއެއް ދިންނަމަ އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާނަމެވެ. ނަމަވެސް އިޒްރޭލުން ޣައްޒާގެ ރައްޔިތުންނާއިމެދު ކަންކަން ކުރަމުން އަންނަ ގޮތުން އެކަން ކުށްވެރިކުރެވޭކަށް ނެތެވެ. 

މިހުރީ ހަމަ ސޯޝަލް މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތަކެވެ. ކަމުގެ ޙަޤީޤަތް އޮތް ގޮތެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް