އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިމާމް ޢުމަރު ސުލައިމާންގެ ރައްދު: ކިތަންމެ ގިނަ ހަތިޔާރު ޖަމާކުރިޔަސް ހަނގުރާމަކުރާނެ މީހުން ގިނަކުރިޔަސް ބިރެއް ނުގަނޭ!

އިމާމް ޢުމަރު ސުލައިމާންގެ ރައްދު: ކިތަންމެ ގިނަ ހަތިޔާރު ޖަމާކުރިޔަސް ހަނގުރާމަކުރާނެ މީހުން ގިނަކުރިޔަސް ބިރެއް ނުގަނޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ބޭނުންވަރަކަށް ހަތިޔާރުޖަމާކޮށްބަލާށެވެ! ހަނގުރާމަވެރިން އެއްކޮށްބަލާށެވެ! އަހުރެމެން ބިރެއް ނުގަނެއެވެ. އަހުރެމެން ގުޑުވައިލަން ދެއްކޭނެ ބިރެއް ނެތެވެ. އަހުރެމެން ބިރުވެތިވާ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާއެވެ.

އަހުރެމެން މިވަނީ އެކަންޏެއް ނޫނެވެ. ﷲ ތަޢާލާ އަހުރެމެންނާއިއެކު ވޮޑިގެންވެއެވެ. އަހުރެމެންގެ ޙާލަތު އެކަލާނގެ ބައްލަވައިވޮޑިގެންވެއެވެ. އެކަލާނގެ ރަޙްމަތްފުޅު އަބަދުވެސް އަހުރެމެންނަށް މިންވަރު ކުރައްވަވާނެ ކަމާއިމެދަކު އަހުރެމެން ޝައްކެއް ނުކުރަމުއެވެ. 

މިއަދު ޣައްޒާ އާއި ފަލަސްޠީނުގެ ރައްޔިތުން ދައްކައިދެމުންގެންދާ ޘާބިތުކަން ނިކަން ދެކިބަލާށެވެ! އެޘާބިތުކަން އެމީހުންނަށް އެލިބެނީ ﷲ ތަޢާލާ ދެއްވަވާތީއެވެ. އެމީހުންގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތްއިރުވެސް ކާނެ އެއްޗެއް ނެތުމުގެ އިތުރުން ބޯނެ ފެންފޮދެއް ނެތްއިރުވެސް އެމީހުންގެ ހިތްވަރު އެލިގެން ނުދަނީ ﷲ ތަޢާލާ އެމީހުންނަށް ޘާބިތުކަން ދެއްވަވާތީއެވެ. 

- ޢުމަރު ސުލައިމާން

ޢުމަރު ސުލައިމާން ވަނީ މީގެ ކުރިންވެސް މިފަދަ ބަސްފުޅުތަކެއް ވިދާޅުވެފައެވެ. ޣައްޒާގެ ރައްޔިތުންނަށް ﷲ ތަޢާލާ ވަނީ އާދައާ ޚިލާފް ބާރަކާއި ހިތްވަރެއް ދެއްވަވާފައި ކަމަށާއި މަރުވެދާނެތީ އެމީހުން ބިރުނުގަންނާނެ ކަމަށްވަނީ ވިދާޅުވެފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް