އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިޒްރޭލުގެ ބޭނުމަކީ ޣައްޒާއަށް ވެރިވެގަތުންކަމަށް ބޮޑު ޓެރަރިސްޓް ނަތަޔާންހޫ އެއްބަސްވެއްޖެ!

އިޒްރޭލުގެ ބޭނުމަކީ ޣައްޒާއަށް ވެރިވެގަތުންކަމަށް ބޮޑު ޓެރަރިސްޓް ނަތަޔާންހޫ އެއްބަސްވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކަށްފަހު ހަނގުރާމަ ކާމިޔާބުކުރެވުމުން މުއްދަތެއް ނެތް ގޮތަށް ޣައްޒާގެ ސަލާމަތީ ކަންކަން އިޒްރޭލުން ބަލަހައްޓާނެކަމަށް ދުނިޔެ ދެކެފައިވާ އެންމެ ބޮޑު ޓެރަރިސްޓް ނަތަޔާންހޫ ބުނެފިއެވެ.  

ނަތަޔާންހޫ އިޒްރޭލުގެ ބޭނުން ހާމަކުރުމުގެ ކުރިންވެސް އިޒްރޭލުން ބޭނުންވެގެން އުޅެނީ ޣައްޒާގެ މައްޗަށް ވެރިވެގަތުންކަން އެންމެންނަށްވެސް އެނގެއެވެ. ޣައްޒާގެ މައްޗަށް ވެރިވެގަނެވުނަސް އިޒްރޭލަކަށް ނުފުދޭނެއެވެ. ޖެހިގެން މަސައްކަތް ފަށާނީ ވެސްޓް ބޭންކުގެ މައްޗަށްވެސް ވެރިވެގަތުމަށެވެ. ޣައްޒާގެ މައްޗަށް ވެރިވެގަންނަން ބޭނުންވެގެން އެއުލެނީ އެކަމަށް މަގުފަހިކުރުމަށެވެ.  

ޣައްޡާ އަޅުވެތިކޮށް ދާއިމީ ގޮތަކަށް ޣައްޒާގައި ބަނޑަހަ ޖެހުމަކީ ބޮޑު ނުރައްކަލެއް ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. ނަމަވެސް އެމެރިކާއިން ބުނާ މިފަދަ ބަސްތަކަކީ އެއްވެސް ބުރަދަނެއް ހުންނަ ވާހަކަތަކެއް ނޫނެވެ. ހަމައެކަނި ދުނިޔެއަށް ދައްކަން ދައްކާ މުނާފިޤް ވާހަކަތަކެކެވެ.  

ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތައް ދިނުން ހުއްޓައި ނުލާނެކަން ބޮޑު ޓެރަރިސްޓް ނަތަޔާންހޫ ވަނީ ހާމަކޮށްފައެވެ. އަދި އެމެރިކާއިން ވަނީ ހަނގުރާމަކުރިއަށް ގެންދަން ހުރިހާ ގޮތަކުން އެހީތެރިވެދޭނެކަމުގެ ޔަޤީންކަންވެސް ދީފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް