އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދު މިފެންނަނީ އިރާޤާ ލީބިޔާގެ ވެރިކަން އެމެރިކާ ބޭނުންވާ ގޮތަށް ބަދަލުކޮށްލި ސަބަބު-

މިއަދު މިފެންނަނީ އިރާޤާ ލީބިޔާގެ ވެރިކަން އެމެރިކާ ބޭނުންވާ ގޮތަށް ބަދަލުކޮށްލި ސަބަބު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

މިހާރަށްވުރެ މާގިނަ ބައަކު ޔޫރަޕާއި އެމެރިކާއިން އަދި އެހެންވެސް ބައެއް ޤައުމުތަކުން މުސްލިމުންނަށްވުރެ ބޮޑަށް އިސްލާމް ދީން އެނގޭކަމަށް ދަޢުވާކުރާ ދުވަސް އަންނާނެއެވެ. އެމީހުން ބޭނުންވާ ކަންކަން ޙާޞިލްކުރަން ޓެރަރިސްޓް ޙަމަލާތައް ދޭނެއެވެ.

ޓެރަރިޒަމްގެ ޢަމަލުތައް ހިންގަމުން އެމީހުން ބުނާނީ ތިމަންމެން މިކުރާ ކަމަކީ އިންޞާފް ޤާއިމްކުރުން ކަމަށެވެ. އެމީހުންގެ ކުރިމަތީގައި އިންޞާފަކަށް ވާނީ އެމީހުން އެމީހުންނަށް އެންމެ ފައިދާހުރި ގޮތެވެ. 

އެމީހުންނަށް އެފުރުޞަތު ލިބިގެންދާ ސަބަބަކީ މުސްލިމުންގެ ފަރުވާކުޑަކަމެވެ. އެއްބައިވަންތަކަން ނަގައިލުމެވެ. މުސްލިމުން އެއްބައަކު އަނެއް ބައަކަށް ދުޝްމިންވުމެވެ. 

އިރާޤަކީ މުޅި ސަރަޙައްދަށް އޮތް ބޮޑު ބިރެއް ކަމަށް އެމެރިކާއިން ބުނުމުން އެކަން މުސްލިމުން ޤަބޫލުކުރީ ވިސްނައިލުމެއްވެސް ނެތިއެވެ. އިރާޤް ނެތިކޮށްލަން ކުރި ހަނގުރާމައިގައި މުސްލިމުން ބައިވެރިވީ އަވާމެންދުރެއްގައި ތިބެގެންނެވެ. 

އެމެރިކާއަށް އަޅުވެތިނުވާނެކަން ޔަޤީންވުމުން އިރާޤްގެ ވެރިކަން ނައްތައިލިއެވެ. ރައީސް ޞައްދާމް ޙުސައިން ދަންޖެއްސިއެވެ. ލީބިޔާގެ ވެރިކަން ނައްތައިލިއެވެ. ޣައްޒާފީ ނެތިކޮށްލިއެވެ. އެކަންކަން އެގޮތަށް ކުރީ މިއަދު މެދުއިރުމަތީގައި އެކުރާ ހަނގުރާމަ ކުރަން މަގުފަހިކުރުމަށެވެ. 

އެކަން ހެޔޮވިސްނޭ މީހުން ބަޔާންކުރިއެވެ. މުސްލިމް ވެރިން ޤަބޫލުނުކުރީއެވެ. އެމެރިކާއަށާއި ހުޅަނގަށް ވިކި އަޅުވެތިވީއެވެ. މިއަދު ކުރަންޖެހިފައި މިވަނީ އެކަމުގެ ހިތާމައެވެ. ހިތާމައަކީ މިކަންކަން އަދިވެސް މުސްލިމް އުންމަތުގެ ވެރިންނަށް ޤަބޫލުނުކުރެވޭކަމެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް