އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިޒްރޭލުގެ ނުބައިކަން ބޮޑުކަމުން ޔަހޫދީ ޒުވާނުންވެސް އިސްލާމްވަނީ-

އިޒްރޭލުގެ ނުބައިކަން ބޮޑުކަމުން ޔަހޫދީ ޒުވާނުންވެސް އިސްލާމްވަނީ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

އަހުރެންނަކީ 22 އަހަރުގެ ޔަހޫދީ އަންހެނަކީމެވެ. ޣައްޒާއަށް އިޒްރޭލުން މެދުކެނޑުމެއް ނެތި ބޮން އަޅަން ފަށަންދެން އިސްލާމް ދީނާއިމެދަކު ނުވިސްނަމެވެ. ނަމަވެސް މިހާރު މާބޮޑަށްވެސް ވިސްނިއްޖެއެވެ. 

އަހުރެން ޤުރްޢާން ކިޔައިފީމެވެ. އޭގައި ހުރި ވާހަކަތައް އަހުރެން ޙައިރާން ކުރުވައިފިއެވެ. އެކަންކަމަކީ ކުރިން އަހުރެން އަޑުވެސް އަހާފައިނުވާ ކަންކަމެވެ. އެހެންވެ އަހުރެންގެ ހިތުގައި އިސްލާމްދީނަށް ޝައުޤުވެރިކަން އުފެދިއްޖެއެވެ. އިސްލާމް ދީނަށް ލޯބިޖެހިއްޖެއެވެ. ޝަހާދަތް ކިޔައި އިސްލާމްވެއްޖައީމެވެ. 

އަހުރެން އުންމީދުކުރަނީ އިޒްރޭލުން ޣައްޒާ އަށާއި މުޅި ފަލަސްޠީނަށް ދެމުން ގެންދާ އަނިޔާވެރި ޙަމަލާތަކުގެ ސަބަބުން އެކަނިވެސް ދުނިޔޭގެ ކަންކޮޅުތަކުން އެތައް ހާސް ބައަކު އަހުރެން ފަދައިން އަލަށް އިސްލާމްވާނެ ކަމަށެވެ. މިހާރުވެސް އެތައް ހާސް ބައަކު އިސްލާމްވެއްޖެކަންވެސް އެނގެއެވެ. އަދިވެސް ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ 

މިއީ އިޒްރޭލުން ހިންގަމުން ގެންދާ ބޮޑެތި ޢުދުވާންތަކާއި ގުޅިގެން މީގެ 2 ދުވަސްކުރިން އަލަށް އިސްލާމްވި ޔަހޫދީ ޒުވާން އަންހެން ކުއްޖަކު ބުނެފައިވާ ބަސްކޮޅެކެވެ. މާތް ﷲ ގެ ވާގިފުޅާއިއެކު އިސްލާމް ދީން ދާނީ ކުރިއަރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް