އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޭ ދުނިޔެއާއެވެ! ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ފަލަސްޠީނުގެ ކުޑަކުދިން ޝަހީދުކުރުން ހުއްޓުވާނީ ކިތައް ހާސް ކުދިން ޝަހީދުކުރުމުން ހެއްޔެވެ؟

އޭ ދުނިޔެއާއެވެ! ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ފަލަސްޠީނުގެ ކުޑަކުދިން ޝަހީދުކުރުން ހުއްޓުވާނީ ކިތައް ހާސް ކުދިން ޝަހީދުކުރުމުން ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

މިސުވާލަކީ ސްކޮޓްލަންޑުގެ ފަސްޓް މިނިސްޓަރ ހުމްޒާ ޔޫސުފް އިނގިރޭސިވިލާތުގެ ސަރުކާރާ ކުރިމަތިކުރައްވާފައިވާ ސުވާލެކެވެ. އޭނާގެ ސުވާލުގައި ވިދާޅުވެފައިވަނީ އިނގިރޭސިވިލާތުން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ފަލަސްޠީނުގެ ކުޑަކުދިން ޝަހީދުކުރުން ހުއްޓުވަން ތާއީދުކުރާނީ ކިތައް ހާސް ކުދިން ޝަހީދުކުރުމުން ހެއްޔެވެ؟ 

އިޒްރޭލުން ވަނީ ޖެނީވާ ކޮންވެންޝަންގެ ހުރިހާ މާއްދާތަކާއި ޚިލާފްވެފައެވެ. ނަމަވެސް އެއްވެސް ފިޔަވަޅެއް އެޅޭނެ ގޮތެއް ނެތެވެ. މުޅި ދުނިޔޭގެ މައްޗަށް އެމެރިކާއިން ބާރުގަދަކޮށްފައިވާތީއެވެ. ދުނިޔޭގައި އުފެދޭ މިފަދަ ބޮޑެތި މައްސަލަތައް ހުއްޓުވުމުގެ ނަމުގައި އުފައްދާފައިވާ އދއަށްވެސް ކުރެވޭނެ ހަމަ އެއްވެސް ކަމެއް އޮތްކަމަކަށް ނުވެއެވެ. އަނގަބަހުން އިޒްރޭލް ކުށްވެރިކުރުން ނޫންކަމެއް ނުކުރެވެއެވެ. 

އަނގަބަހުން އިޒްރޭލްކުށްވެރިކޮށް އަޑުއުފުލުމާއި ހަނގުރާމަ ވަޤުތުން ހުއްޓާލަން ގޮވާލުމަކީ ހަތަރެސް ނެތަސް އަނގަ އޮތް ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. އަދއަށް ކުރެވޭ ހަމައެކަނި ކަންތައް ހަތަރެސްފައި ނެތަސް އަނގަ އޮތް ކޮންމެ މީހަކަށްވެސް ކުރެވޭނެއެވެ. 

އދ އަކީ ކކަމެއް ކުރަންޖެހޭ ވަޤުތު އެއްވެސް ކަމެއް ނުކުރެވޭ ކޮއްމަސްބުރިއެއްކަން ދުނިޔޭގެ ބައެއް ލީޑަރުން ވަނީ އދގެ ޖަލްސާތަކުގައި މާކުރިންވެސް ހާމަކުރައްވައިފައެވެ. މިއަދު ފެންނަމުން މިދަނީ އެބަސްތަކުގެ ތެދުކަމެވެ! 

އެއްވެސް ހަތިޔާރެއް ނެތް ބައަކާއި ހަނގުރާމަކުރަނީކަމަށް ބުނެ ބޮންއަޅައި މަހެއްހައި ދުވަހުގެ ކުރު މުއްދަތެއްގައި މިހައިގިނަ ކުޑަކުދިން ޝަހީދުކުރުމަކީ ދުނިޔޭގެ ތާރީޚުން ކޮން ދުވަސްވަރެއްގައި ނުވަތަ އެއްވެސް ދުވަސްވަރެއްގައި ފެނިފައި އޮތް ކަމެއްކަން ބުނެދެވޭނެ މީހަކު އެބަހުރިބާވައެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް