އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަލަސްޠީނަށް ދެމުން ގެންދާ ޙަމަލާތަކާއި ގުޅިގެން ޙަޤީޤަތް ޤަބޫލުކުރާ ޔަހޫދީންވެސް ގެންދަނީ އިޒްރޭލް ކުށްވެރިކުރަމުން!

ފަލަސްޠީނަށް ދެމުން ގެންދާ ޙަމަލާތަކާއި ގުޅިގެން ޙަޤީޤަތް ޤަބޫލުކުރާ ޔަހޫދީންވެސް ގެންދަނީ އިޒްރޭލް ކުށްވެރިކުރަމުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

"އިޒްރޭލުގައި ކުރާ ވެރިކަމަކީ ޔަހޫދީންނާއި ނުވަތަ ޔަހޫދީ ދީނާއި އެއްވެސް ގުޅުމެއް ހުރި ވެރިކަމެއް ނޫނެވެ. ޔަހޫދީންނާއި ނުވަތަ ޔަހޫދީ ދީނާއި ގުޅުންހުރި ވެރިކަމެއްގައި ކުށެއް ނެތް ކުޑަކުދިންނާއި އަންހެނުންނެއް ނުމަރާނެއެވެ. އަދި އެމީހުންގެ ގޯތި ގެދޮރަށް ބޮން އަޅައި ފުނޑުފުނޑެއްވެސް ނުކުރާނެއެވެ. 

އިޒްރޭލްގެ ސަރުކާރުގެ ވެރިން ޔަހޫދީން ކަމަށް ހެދެނީ ބަހަނާދައްކާށެވެ. ޔަހޫދީ ދީނުގައި އޮތް ގޮތަށް ބަލައިފިނަމަ އެމީހުންނަކީ އެންމެ ބޮޑެތި މުޖުރިމުންނެވެ. އެމީހުން ކުރަމުން އެގެންދަނީ ދީނުގައި އެންމެ ބޮޑަށް މަނާކޮށްފައިވާ ކަންކަމެވެ." 

މިއީ ފަލަސްޠީނުގެ ރައްޔިތުންނަށް ތާއީދުކުރަން ބާއްވާ ރެލީތަކުގައި ޔަހޫދީން ބުނެފައި ހުރި ބައެއް ވާހަކަތަކެވެ. މިވާހަކަތަކަކީ ﷲ ތަޢާލާ ބާވައިލެއްވެވި އެއްވެސް ދީނެއް ބޭރުފުށުން ނަމަވެސް ޤަބޫލުކުރާ ހަމައެކަކަށްވެސް އޮޅިފައިވާ ކަންކަމެއް ނޫނެވެ. އެއީ މުސްލިމެއް ކަމުގައިވީނަމަވެސް ކްރިސްޓިއަނެއް މަމުގައިވީނަމަވެސް އަދި ޔަހޫދީއެއް ކަމުގައިވީނަމަވެސްމެއެވެ. 

އަދި ކީއްހެއްޔެވެ؟ އެމީހަކީ ބުއްދި ސަލާމަތުން ހުރި މީހަކުނަމަ އެއްވެސް ދީނެއް ޤަބޫލުނުކުރާ މީހުންވެސް މިކަންކަން ޤަބޫލުކުރާނީ ހަމަ މިގޮތަށެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި އިޒްރޭލާއި ދެކޮޅަށް ކުރަމުން ގެންދާ މުޒާހަރާތަކުން އެކަންދަނީ ފެންނަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް