އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޣައްޒާއަށް އެޅި ބޮންތައް 2 ނިޔުކްލިޔަރ ބޮމާ އެއްވަރު-

ޣައްޒާއަށް އެޅި ބޮންތައް 2 ނިޔުކްލިޔަރ ބޮމާ އެއްވަރު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހައިތަނަށް ޣައްޒާއަށް 25،000 ޓަނުގެ ބޮން އަޅާފައިވާއިއރު އެމެރިކާއިން ދެވަނަ ބޮޑު ހަނގުރާނައިގައި އެޅި ނިޔުކްލިޔަރ ބޮމުގެ ބަރުދަނަކީ 15،000 ޓަނެވެ. 

ތަފާތަކީ އެއް ބޮޑު ޙަމަލާދިނުމާއި އެތައް ހާސް ފަހަރެއްގެމަތިން ބޮން އެޅުމުގެ ހުރި ތަފާތެވެ. މިހާލަތަށް ކަންކަން ދިއުމުންވެސް އަދި މިހާރުވެސް ބޮންތައް އޮއްސަމުން ގެންދާއިރުވެސް، ޒަޔަނިސްޓް ޓެރަރިސްޓުންނަށް ތާއީދުކޮށް ވާގިވެރިވާ މަދު ޤައުމުތަކެއް ފިޔަވައި މުޅި ދުނިޔެހެން ޣައްޒާގެ ރައްޔިތުންނަށް ހަމްދަރުދީ ފައުޅުކުރަމުން ގެންދާއިރުވެސް ނަތީޖާއެއް ނުފެންނަކަމީ އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ. 

މިއަދު ފެންނަމުން މިދަނީ ހަތިޔާރު ހުރިނަމަ އެބައަކު ކުރަން ބޭނުންކަމެއް ކުރަން ދޫކޮށްލެވިފައިވާތަނެވެ. އިންސާނުންނަށް އިންސާނީ ޙައްޤުތައް ފޯރުކޮށްދޭން ނުކުޅެދިފައިވާތަނެވެ. ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން އެދަނީ ޣައްޒާގެ ތެރެއަށް ވަދެގަންނަމުންނެވެ. ބެލެވޭ ގޮތުން ދެބައިކުޅަ އެއްބައަށްވުރެ ބޮޑު ބައކަށް މިހާރުވެސް ވަޏީ ވަދެފައެވެ. 

ބޮން އެޅުމުގެ އިތުރަށް ބަރުހަތިޔާރުކޮށްގެން އެގެންދަނީ ޣައްޒާގެ ޢިމާރާތްތައް ފުނޑުފުނޑުކުރަމުންނެވެ. މުޅި ޣައްޒާ ވެގެން އެދަނީ ޤަބުރުސްތާނަކަށެވެ. ކުރަންޖެހެނީ ހަމަ އެންމެ ސުވާލެކެވެ. ބާރުގަދަ، ތަނަވަސްކަން ހުރި މުސްލިމް ޤައުމުތަކަށް އަސަރެއްކުރާނީ ކިހާހިސާބަކުން ބާވައެވެ! 

https://www.aljazeera.com/news/longform/2023/11/9/israel-attacks-on-gaza-weapons-and-scale-of-destruction

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް