އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔަހޫދީންނަކީ ޙަޤީޤަތް ޤަބޫލުކުރާ ބައަކު ނަމަ ކުޑަކުދިން މެރުމަކުން އެބައެއްގެ ނަސްލު ނައްތައިނުލެވޭނެކަން އެންމެ ބޮޑަށް ޤަބޫލުކުރާނީ އެމީހުން-

ޔަހޫދީންނަކީ ޙަޤީޤަތް ޤަބޫލުކުރާ ބައަކު ނަމަ ކުޑަކުދިން މެރުމަކުން އެބައެއްގެ ނަސްލު ނައްތައިނުލެވޭނެކަން އެންމެ ބޮޑަށް ޤަބޫލުކުރާނީ އެމީހުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު

ނަސްލު ނައްތައިލުމަކީ ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް ކިތަންމެ ގިނަ ބައަކު މެރިނަމަވެސް ކުރެވޭނެ ކަމެއް ނޫންކަން އެންމެ ޔަނގަޅަށް އެނގޭނެ އެއްބައަކީ ޔަހޫދީންނެވެ. އަދި އަނިޔާވެރި ގޮތުގައި މީހުން މެރުމުން ކުރަންޖެހޭ ހިތާމަ އެންމެ ބޮޑަށް ތަޖުރިބާކޮށްގެން ތިބި އެއްބައަކީވެސް ޔަހޫދީންނެވެ. 

ދެވަނަ ބޮޑުހަނގުރާމައިގެތެރޭގައި ޔަހޫދީންނަށް ލިބުނު އަނިޔާތަކުގެ ބޮޑުކަމުން އެކަމުގެ ހަނދާންތައް ދިރުވުމަށް އެމީހުން އިޒްރޭލުގައި ހަދައިގެން ހިންގާ މިޔުޒިމަކަށް ޒިޔާރަތްކުރި ކޮންމެ މީހަކަށްވެސް އެކަން އިޙްޞާޞްކުރެވޭނެއެވެ. އެތަނުގައި ތިބެގެން މިހާރުވެސް އެމީހުންގެ ލޮލުން ބާލާ ކަރުނަތަކުން އެކަން ފެނިގެންދާނެއެވެ. 

އެކަން ޙަޖަމްނުކުރެވި މިހާރުވެސް ކަރުނައަޅަމުން އެމީހުންނަށް ލިބުނު އަނިޔާތައް ފަދަ އަނިޔާތައް އެހެން މީހުންނަށް ކުރަން އެމީހުން ޖެހިލުން ނުވީމާ ދުނިޔެއަށް އެލިބެނީ ކޮންމެސެޖެއްތޯއެވެ؟ ރާއްޖޭގެ ސްކޫލްތަކުގައި ހޮލޮކާސްޓް (ޔަހޫދީންނަށް ލިބުނު އަނިޔާތަކުގެ ވާހަކަ) ކިޔަވައިދޭން ރައީސް ނަޝީދުގެ ވެރިކަމުގައި މަސައްކަތްކުރިކަން އެއީވެސް އެންމެންނަށް އެނގިފައިވާ ކަމެކެވެ. 

މިއަދު މިފެންނަނީ މެދުކެނޑުމެއް ނެތި އެކިބަހަނާތައް ދައްކަމުން ހޮލޮކާސްޓް ހިންގަމުންގެންދާތަނެވެ. ފަލަސްޠީނު ރައްޔިތުންގެ ވަސްވެސް ދުނިޔެއިން ފުހެލެވޭތޯ މަސައްކަތްކުރަމުން ގެންދާތާ 100 އަހަރުވަނީއެވެ. 

މިހިރީ މިއަދު ކޮންމެ މީހަކުވެސް ވިސްނާލަން ޖެހޭނެ ކަންކަމެވެ. ޣައްޒާއަށާއި ފަލަސްޠީނުގެ އެކި ސަރަޙައްދުތަކަށް ބޮންތައް އޮއްސަމުން ބޮޑުބަޑިން ޙަމަލާދެމުން އެގެންދަނީ އެއްވެސް ރަޙުމެއް ނެތިއެވެ. ހޮސްޕިޓަލެއް އެހެން ތަނެއް ބެލުމެއް ނެތިއެވެ. ހަނގުރާމަކުރަނީ ކަމަށްބުނެ އެއްވެސް ހަތިޔާރެއް ނެތް ޢާންމުރައްޔިތުން ޝަހީދުކުރަމުން ގޮސް މަސްދުވަސްވީއިރު ޝަހީދުކުރެވުނު މީހުންގެ ޢަދަދު މިވަނީ 11000 އިން މަތިވެފައެވެ. ގިނައީ ކުޑަކުދިންނާ އަންހެނުންނެވެ. ޣައްޒާގެ ގެތައް އެވަނީ ބިމާހަމަކޮލާފައެވެ. ޣައްޒާގެ 2 މިލިއަން ރައްޔިތުން އެތިބީ ކެއިން ބުއިމުންނާއި އެހެންވެސް އިންސާނީ ޙައްޤުތަކުން މަހްރޫމްކޮށްފައެވެ. 

އަމިއްލައަށް ކުރަންޖެހުނު ހިތި ތަޖުރިބާއަށް ބަލައިވެސް އިންސާނުންނަށް އަނިޔާވެރިނުވާނެނަމަ ޔަހޫދީން ހަމައެންމެ މީހަކަށްވެސް އަނިޔާވެރިނުވީހެވެ. ނަމަވެސް ނުބައި ނުލަފާކަން ހައްދުފަހަނައެޅީމާ ޙަޤީޤަތް ޤަބޫލެއް ނުކުރެވޭނެއެވެ. އިންޞާފަކީ ހަމައެކަނި ތިމާއަށް މޮޅުގޮތް ކަމަށް ނިންމާނެއެވެ. މިއަދު ފެންނަމުން މިދަނީ އެކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް