އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަލަސްޠީން ސަފީރުގެ މިފުރިހަމަ ރައްދަށް ދެވޭނެ ޖަވާބަކީ ކޮބާ؟

ފަލަސްޠީން ސަފީރުގެ މިފުރިހަމަ ރައްދަށް ދެވޭނެ ޖަވާބަކީ ކޮބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ފަލަސްޠީނަށް ނިޞްބަތްވާ ބައަކު އިޒްރޭލުގެ މީހަކު މަރާ ލައިފިނަމަ ނޫނީ އިޒްރޭލަށް އެއްވެސް ގެއްލުމެއްދީފިނަމަ އަވަސް އަރުވާލައިގެން ކޮންމެ ފަހަރަކު އަހުރެން މިތަނަށް ދަމައި އެބަ ގެނެއެވެ. އެކަމަކު ފަލަސްޠީނުގެ ކިތަންމެ ގިނަ ބައަކު ޝަހީދުކުރިނަމަވެސް ފަލަސްޠީނަށް ކިތަންމެ ބޮޑެތި ގެއްލުންތަކެއް ދިން ނަމަވެސް މިތަނަކަށް އަހުރެން ނުގެނެއެވެ. 

ހަމާސް އިން ޔަހޫދީންގެ މަދުބައަކު އަސީރުކުރިކަން މާބޮޑުކަމަކަށް ހަދައިގެން ވާހަކަދައްކާއިރު 17 އަހަރުވަންދެން ޣައްޒާގެ 2.3 މިލިއަން ރައްޔިތުން އަސީރުކޮށްގެން އިޒްރޭލުން އެތިބޭ ތިބުމުގެ ވާހަކަ ނުދައްކަނީ ކީއްވެގެންތަ؟ އެއީ އިންސާނުންނެއް ނޫންތަ؟ ދުނިޔޭގަ ހިންގާ އެންމެ ބޮޑު އޯޕަން އެޢާ ޕްރިޒްންއަކީ ޣައްޒާކަން މުޅި ދުނިޔެ ޤަބޫލުކުރާކަން ކަލޭމެންނަށް ނޭނގެނީތަ؟ 

ކޮންމެ ދުވަހަކު ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ގޮދޮރުންނެރެ ފައްސަމުން ގެންދާތަން ނުފެންނަނީތަ؟ ހިތަށް އަރާއިރަށް ފަލަސްޠީނު ރައްޔިތުން ޝަހީދު ނުކުރާ ދުވަހެއް ފާއިތުނުވާކަންވެސް ނޭނގެނީތަ؟ 

ބުނަންތަ؟ ތިއައީ މީޑިއާއެއް ނޫން! ކިޔަންޖެހޭނީ ކޮންމެވެސް އެހެން ނަމެއް! 

- އިނގިރޭސިވިލާތުގަ ހުންނަވާ ފަލަސްޠީނުގެ ސަފީރު ބީބީސީއަށް!

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް