އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިޒްރޭލާ އެމެރިކާއަކީ ވަކިނުވެ އެކުގަ ދެމިތިބޭނެ 2 އަޚުން! އިޒްރޭލަށް ނަފްރަތުކުރަމުން އެމެރިކާއަށް ތާއީދުކުރީމަ އެއީ މުނާފިޤުންގެ ސިފައެއް!: އިމާމް ޢައްމާރް ޝާހީން

އިޒްރޭލާ އެމެރިކާއަކީ ވަކިނުވެ އެކުގަ ދެމިތިބޭނެ 2 އަޚުން! އިޒްރޭލަށް ނަފްރަތުކުރަމުން އެމެރިކާއަށް ތާއީދުކުރީމަ އެއީ މުނާފިޤުންގެ ސިފައެއް!: އިމާމް ޢައްމާރް ޝާހީން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

މުނާފިޤުން ވާނީ މުނާފިޤުންނާއިއެކުގައެވެ. މަކަރުވެރި ދޮގުވެރިން އަބަދުވެސް ވާނީ އެމީހުންނާއި އެކުގައެވެ. އިޒްރޭލަކީ މަކަރުވެރި އަނިޔާވެރި މުނާފިޤް ޤައުމެއްކަން އެބަ ޤަބޫލުކުރަމުއެވެ. އެކަން ޤަބޫލުކުރަމުން އިޒްރޭލްގެ އަޚް އެމެރިކާއަށް ތާއީދުކުރީމާ މިވަނީ ކިހިނަކުން ހެއްޔެވެ؟ 

އިޒްރޭލާ އެމެރިކާއަކީ ވަކިނުވެ އަބަދުވެސް އެކުގައި ދެމިތިބޭނެ އެކަކު އަނެކަކަށް ވާޤިވެރިވެ އެހީތެރިވާނެ 2 އަޚުންކަން އެއީ އެމީހުންގެ ޢަމަލާ ބަހުން ދުނިޔެއަށް ދައްކައިދެމުން އަންނަ ޙަޤީޤަތެކެވެ. އެހެންކަމަށްވާއިރު އިޒްރޭލަށް ނަފްރަތުކުރަމުން އެމެރިކާއަށް ތާއީދުކުރީމަ އެއީ މުނާފިޤުންގެ ސިފައަކަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟

- އިމާމް ޢައްމާރް ޝާހީން 

މިއަދު އިސްލާމީ ގިނަ ޖަމިއްޔާތަކަށާއި ޤައުމުތަކަކަށް ޖެހިގެން މިއުޅެނީ މިމައްސަލައެވެ. ބޮޑެތި ޖަލްސާތައް ބާއްވައި އެންމެ ހަރުކަށި ޢިބާރާތުން އިޒްރޭލް ކުށްވެރިކުރެއެވެ. ފަލަސްޠީނަށް ގެއްލުން ދިނުން ކުށްވެރިކުރެއެވެ. ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކުރާތީ އިންތިހާއަށް ކަްނބޮޑުވުން ފައޫލުކުރެއެވެ. 4 ވަރަކަށް ޤައުމުން ނޫނީ އިޒްރޭލާއި އެއްވެސް ވަރެއްގެ ގުޅުމެއްވެސް އެއްވެސް ރަސްމީ ސިފައެއްގައި ނުއުފައްދައެވެ. 

އެހެނަސް އިޒްރޭލުން އެކަންކަން ކުރާތީ ކަންބޮޑުވާ، ކުށްވެރިކުރާ ކަންކަން ކުރަން އިޒްރޭލަށް ހިތްވަރުދީ، ވާގިވެރިވެ، އެހީތެރިވާ އެމެރިކާ އާއިމެދު ބަލަނީ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައެވެ. އެމެރިކާއަށް ފުރިހަމައަށް ތާއީދުކުރެއެވެ. އެމެރިކާއާއި އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން އަބަދުވެސް ގެންދަނީ މަސައްކަތްކުރަމުންނެވެ. 

ހަނދާން އައުކޮށްލަމާ ހިނގާށެވެ. އެމެރިކާއިން ރާވައިގެން ހިންގި ކަމެއްކަމަށް ގިނަ ބައަކު ޤަބޫލުކުރާ ސެޕްޓެމްބަރު 11 ގެ ޙާދިސާ ހިނގުމުން ސަޢުދި ޢަރަބިޔާއިން ރަސްމީގޮތުންނާއި ނުރަސްމީ ގޮތުން އެމެރިކާއަށް އެތައް ބިލިއަން ޑޮލަރެއް ހަދިޔާކުރިއެވެ. ޣައްޒާއަށާއި މުޅި ފަލަސްޠީނަށް އިޒްރޭލުން ދީފައިވާ ބޮޑު ގެއްލުން ދިނުމުން އެންމެ 500 މިލިއަން ޑޮލަރު (އެމެރިކާއަށް ދިން މިންވަރުން ކުޑަކުޑަ މިންވަރެއް) ހަދިޔާކުރުން ހަދައިގެން އެއުޅެނީ ދުނިޔެއަށްވުރެ ބޮޑު ކަމަކަށެވެ. ވީމާ ކަންކަން ކުރަމުން ގެންދާ ގޮތަށް ވިސްނަވައިލައްވާށެވެ!   

ވީމާ އިޒްރޭލާ ދެކޮޅުވަމުން އެމެރިކާއަކީ އެންމެ ގާތް މިތުރުކަމަށް ހެދުމުން އުފެދޭ ސުވާލުތައް ވަރަށް ގިނައެވެ. އިމާމް ޢައްމާރް ޝާހީން އެފާހަގަކުރައްވަނީ އެފަދަ ކަންކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް