އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރެޔާގެ މަޝްހޫރު ބްރޭންޑްއެއް ކަމުގައިވާ "އިނޮސް" ޓީވީ މިހާރު ރެޑްވޭވްއިން ލިބިވަޑައިގަންނަވާނެ!

ކޮރެޔާގެ މަޝްހޫރު ބްރޭންޑްއެއް ކަމުގައިވާ "އިނޮސް" ޓީވީ މިހާރު ރެޑްވޭވްއިން ލިބިވަޑައިގަންނަވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 13 ސިކުންތު

ކޮރެޔާގެ އެންމެ މަޝްހޫރު ޓީވީ ބްރޭންޑުތަކުގެ ތެރޭ ހިމެނޭ "އިނޮސް" ބްރޭންޑުގެ މޮޅު ޓީވީ ރެޑްވޭވް ގްރޫޕުން އެތެރެކޮށް ފިހާރަތަކުން ވިއްކަން ފަށައިފިއެވެ. 

ރެޑްވޭވް ގްރޫޕުން ބުނެފައިވަނީ ރާއްޖޭގެ ޒުވާނުން މެދުގައި ކޮރެޔާގެ މަޝްހޫރުކަމާއި ޝައުގުވެރިކަން ނިހާޔަތައް ބޮޑު މި ދުވަސްވަރުގައި ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ "އިނޮސް" ބްރޭންޑް ގެ ޓީވީ ރެޑްވޭވްއިން މިހާރު ލިބިވަޑައިގަންނަވާނެކަމަށެވެ.

އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ޑިޒައިންތައް އެކުލެވިގެންވާ މި ބްރޭންޑް ކަސްޓަމަރުންނަށް ފޯރުކޮށްދެއްވާފައިވަނީ ހީނުކުރާހާ ހެޔޮ އަގުތަކެއްގައެވެ. ރެޑްވޭވްއަކީ އިނޮސް ޓީވީގެ އޮތޮރައިޒްޑް ޑިސްޓިބިއުޓަރެވެ.

ރެޑްވޭވްއިން އިނޮސް ޓީވީގެ ތެރެއިން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކޮށްފައިވަނީ ގޫގަލް ޓީވީގެ 50 އިންޗި ޒީރޯ އެޑިޝަން އަދި 55 އިންޗި ކޭ.ޔޫ ސީރީސްއެވެ. މި ދެމޮޑެލްގައި އެކުލެވިގެންވަނީ  ޒަމާނީ ގިނަ ފީޗާރސްތަކަކާއި އެކުގައެވެ. އެގޮތުން ގޫގުލްގެ އެންމެ ފަހުގެ ގޫގުލް ޓީވީގެ އޯއެސް ހަލުވިވެފައި، މަގުބޫލު ހުރިހާ އެޕްލިކޭޝަންތައް ޑައުންލޯޑުކޮށްލެވިގެންދާނެއެވެ. އަދި ވޮއިސްކޮމާންޑުން ޓީވީގެ އެޕްލިކޭޝަންތައް ކޮންޓްރޯލް ކުރެވޭނެއެވެ. އެއާއިއެކު، ޑޮލްބީ ވިޝަން އަދި ޑޮލްބީ އެޓްމޮސްއިން މަންޒަރާއި އަޑު އިތުރަށް ފުރިހަމަވެގެންދާނެއެވެ. އަދި މިޓީވީ ތަކުގައި ހިމެނިފައިވާ 4ކޭ އަލްޓްރާ އެޗްޑީ ސްކްރީންގެ ސަބަބުން ޕިކްޗާ ކޮލިޓީ ރަނގަޅުވެ، ކޮންޓްރާސްޓް އިތުރުކޮށް ވައިބަރންޓް ކުލަތަކަށް ހެޗްޑީއާރު 10 ސަޕޯޓުކޮށްދެއެވެ. އަދި ޓީވީގައިވާ 5ގިގަހާރޓްޒް އިންޓަރނެޓުގެ ސަބަބުން އަވަސް އަދި މެދުކެނޑުމެއްނެތި އިންޓަރނެޓް ލިބުމަށް މަގުފަހިވެގެންދެވެ.

މީގެތެރޭގައި ނެޓްޕްލިކްސް، ޔޫޓިޔުބް، އެޕަލް ޓީވީ، ހުލޫ އަދި ޕްރައިމް ވީޑިޔޯ ހިމެނެއެވެ. ބްލޫޓޫތް އަދި ވައިފައި ގުޅާލެވެއެވެ. ސްމާރޓް ޓީވީގެ އަގުތަށް އާންމުގޮތެއްގައި ބޮޑު ކަމުގައިވިޔަސް ރެޑްވޭވްއިން އިނޮސް ޓީވީ އަޅުގަނޑުމެންނަށް ތައާރަފު ކޮށްދެއްވާފައި މިވަނީ ހެޔޮ އަގުތަކެއްގައެވެ.

ރެޑްވޭވްއިން އިނޮސް ޓީވީއާއިއެކީ 1 އަހަރު ދުވަހުގެ ވޮރަންޓީ ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން އިނޮސް ޓީވީ އެކި ސްކީމްތަކުގެ ދަށުން ގަނެލެވޭނެއެވެ. މީގެ ތެރޭގައި އެމް.އައި.ބީ، އެމް.އެފް.އެލް.ސީ ހިމެނެއެވެ. މާލެ، ހުޅުމާލެ އަދި ބޯޓުތަކަށް ހިލޭ ޑެލިވަރީކޮށްދިނުމުގެ އިތުރުން މާލެ އަދި ހުޅުމާލެ ސަރަހައްދުތަކަށް ޓީވީ އިންސްޓޯލްކޮށްދީ ޓެސްޓުކޮށްދިނުމުގެ ހިދުމަތްވެސް ރެޑްވޭވްއިން ފޯރުކޮށްދެއެވެ. އިނޮސް ޓީވީ ރެޑްވޭވްގެ ފިހާރަތަކުގެ ތެރެއިން ޕެވިލިޔަން، އިލެކްޓްރޯނިކްސް، ލިވިންގް އަދި މެގަމޯލްއިން ލިބިވަޑައިގަންނަވާނެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް