އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުފެދުމުގަވެސް ނުކުޅެދުންތެރިކަންހުރި އަމަލްގެ ފުރާނަ ނުރައްކަލުގަ! އެދެނީ ތިއަ ބޭފުޅުންގެ ދީލަތި އެހީތެރިކަމަށް!

އުފެދުމުގަވެސް ނުކުޅެދުންތެރިކަންހުރި އަމަލްގެ ފުރާނަ ނުރައްކަލުގަ! އެދެނީ ތިއަ ބޭފުޅުންގެ ދީލަތި އެހީތެރިކަމަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 47 ސިކުންތު

السلام عليكم ورحمة الله وبركاته

އަޅުގަނޑުގެ ދަރިފުޅު ޢަމަލް އަހުމަދު (22 އަހަރު) އަކީ އުފެދުމުގައިވެސް ނުކުޅެދުންތެރިކަން ހުންނަކުއްޖެކެވެ. ޢަމަލް އަހުމަދު އަކީ ވިހެއި އިރުއްސުރެން ސުޕައިނަލް ޑީފީޑާގެ މައްސަލަ

ހުރެގެން ނުހިނގި އެނދުމެތީގައި އޮންނަ ކުއްޖެކެވެ. ޔުރިންއިންފެކްށަންގެ މައްސަލަ ހުރެ އަމިއްލަ ޒާތުގައި ނޭނގި ހުއްޓާ ޔޫރިން ޕާސްވެ އެހެންކަމުން އަބަދު އުޅެން ޖެހެނީ ނެޕީ ޖަހައިގެންނެވެ.މިހާރު އުމުރުން 22 އަހަރުވީއިރުވެސް ނެޕީޖަ ހަމުންދާކުއްޖެކެވެ. 

އަމަލް އަކީ އެބަޔަށް މިހާރުވެސް ފަރުވާ ކުރަމުން އަންނަކުއްޖެކެވެ. މިވޭތުވެދިޔަ ދުވަސްތަކުގައި އެހެން ދުވަސްތަކާއި އަޅާ ބަލާއިރުއަމަލް މާގަދައައް ދައްބަޑުގައި ރިއްސާތީވެ ޔުރންގަވެސް ލޭގެ ކުލަހުރުމާ އެކީ އައްޑޫ އިކުވޭޓަރަލް ހޮސްޕިޓަލަށް ގެންގޮސް އަމަލް ވަނީ ޑޮކްޓަރުން ބަލާ ޓެސްޓުތަކެއް ހަދާފައެވެ.އެހެންކަމުން ޓެސްޓުތަކުގެ ނަތީޖާއަން އެނގުނީ ކުރިއޭޓިނިން ކިޔާ މައައްދާއެއް9.5އަރާފައިވާކަމެވެ 

ޔުރިންއިންފެކްޝަންޖެހުމުގެ ސަބަބުން ކުއްޖާގެ ކިޑްނީ ވަނީ އިންޖަރީވެ ބުލަޑާ ވެސް ވަނީ ވަރަށް ބޮޑައް ދުޅަވެފައެވެ.އަމަލް އަހުމަދު ކިޑްނީ ދުޅަވެފައަ ވުމުން ޑޮކްޓަރުން ލަފާ ދެއްވީ ވީ އެއްމެ އަވަހައް ޑައަލިސް ހެދުމަށެވެ. ދެން ކުއްޖާއައް ވަނީ ޑައިލިސް ވެސް ހަދާފައެވެ. އިތުރު ފަރުވާ އަށް މާލެއަށް އެމަޖެންސީކޮއް ވަނީ ގެނެސްގެން ވެސް ފަރުވާ ދީފައެވެ. 

މާލެ އައިޖީއެމްއެޗްގެ ޔޫރޯ ޑޮކްރުން ބަލާފައި ރާއްޖެއިން ބޭރައްގޮސްގެން ކުރަން ޖެހޭ އޮޕަރޭޝަންއެއް ހުރި ވާހަކަ ބުންޏެވެއެ. އެހެން ކަމުން އާސަންދައިގެ ދަށުން އިންޑިޔާ ގޮސްގެން ބޭސްފަރުވާ މިހާރު ވަނީ ފަށައިގެންގޮސް އޮޕަރޭޝަން ވެސް ކޮއްފައެވެ. އެއީ ސުޕައިން އޮޕަރޭޝަނެކެވެ. އެއޮޕަރޭޝަން ކޮށްފައިވަނީ ބުލަޑާ އާއި ކިޑްނީ ގެ މަސަކަތްތައް ރަނގަޅުވާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް އެކަންކަމައް އެއްވެސް ވަރަކަށް ކުރިއެރުމެއް ނުލިބުނެވެއެ. 

އަދިވެސް ކުއްޖާ އުޅެނީ ދައްބަޑުގައި ރިއްސާވަރުން ނެވެ. މޭނުބައި ކޮއްފަ ހުންނަ ވަރުން ކާ އެއްޗެއް ވެސް ނުކެވެއެވެ. ޑޮކްޓަރ ބުނެފައި ވަނީ އިތުރު އޮޕރަޭޝަން ކުރަން ޖެހޭކަމަށެވެ. އަދި އިތުރަށް އިންޑިޔާގައި 3 މަސް ދުވަހަށް މަޑު ވެސް ކުރަންޖެހޭނެ ކަމަށެވެ . އިންޑިޔާގައި މަޑުނުކޮއް އޮޕަރޭޝަން ނުކޮށް ރާއްޖެއައިސީއްޔާ ޑޮކްޓަރ ބުނެފައި ވަނީ އެކުއްޖާގެ ކިޑްނީ ފެއިލް ވުމުގެ ފުރުސަތު ބޮޑުކަމަށެވެ. ކިޑްނީ ފެއިލް ވެއްޖެޔާ ދެންޖެހޭނީ ކިޑްނީ ޓުރާންޕުލާންޓެއް ހަދަންށެވެ .

މިހާރުވެސް އިންޑިޔާގައި އުޅޭތާ އެއްމަހާ ގާތް ވެއްޖެއެވެ. އަޅުގަނޑާ އަޅުގނޑުގެ ދަރިންނާ ރައްޓެހިން ދިން ފައިސާ ވެސް ކެއުމަށާ ހުރުމަށް ޙަރަދުކޮށް މިވަނީ ހުސް ވެފައެވެ.  3 މަސް ވަން ދެން ރާއްޖެ އިން ބޭރުގައި ހުރުމަށާ ކެއުން މީ އެބަޔަކު އަމިއްލައަށް ހަމަޖައްސަން ޖެހޭ އެއްޗަކަށް ވުމުން މިދަޑިވަޅުގައި އަޅުގަނޑު މެންގެ މާލީ ހާލަތު ހުރިގޮތުން އެކަމަށް  ނުކުޅެދިފައެވެ. އެހެންކަމުން އެންމެހާ ބޭފުޅުންގެ އެހީތެރިކަމައް ބޭނުން ވެފައެވެ. ތިޔަ ބޭފުޅުންނަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދިނުމަކީ އާއިލާގެ ނުހަނު ބޮޑު އެދުމެކެވެ. 

އިތުރު މައުލޫމާތު ހޯދުމައް 7983855

އެކައުންޓް ނަންބަރ:

މަންމަ އާމިނަތު އަހުމަދު

BML(MVR)

7708471380001 Aminath Ahmed

USD

7730000508728 Absheena Ahmed

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް