އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަރަށް ބޮޑަށް ޝުކުރިއްޔާ ޤަތަރު! އިން ޝާ ﷲ ފަލަސްޠީނުގެ ރައްޔިތުންނަށް މާދަމާ ހަމަނޭވާލެވެން ފަށާނެ!

ވަރަށް ބޮޑަށް ޝުކުރިއްޔާ ޤަތަރު! އިން ޝާ ﷲ ފަލަސްޠީނުގެ ރައްޔިތުންނަށް މާދަމާ ހަމަނޭވާލެވެން ފަށާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

މާދަމާ (ހުކުރު ދުވަހު) ހެނދުނު ފަލަސްޠީނު ގަޑިން 7 ޖެހުމުން ހަނގުރާމަ ވަޤުތީ ގޮތުން ހުއްޓައިލާނެކަން ޤަތަރުން ހާމަކޮށްފިއެވެ. ހަމާސް އިން ވަނީ އެވަޤުތުން ފެށިގެން 4 ދުވަހަށް ހަނގުރާމަ މެދުކެނޑިގެންދާނެކަން ހާމަކޮށްފައެވެ.  

އަދި މިހައިތަނަށް އެއްބަސްވެފައިވާ ގޮތުން ހަމާސްއިން 4 ދުވަސްތެރޭގައި 50 ރަހީނުން މިނިވަންކުރާނެއެވެ. ބަދަލެއްގެ ގޮތުން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ހައްޔަރުކޮށްފައިވާ އަސީރުންގެ ތެރެއިން 150 އަންހެނުންނާއި ކުޑަކުދިން މިނިވަންކުރާނެއެވެ. 

ބައިނަލްއަޤްވާމީ ޖަމާއަތްތަކުން ބާރުއަޅަމުން ގެންދަނީ ޞުލްޙަވެރި ޙައްލެއް ހޯދައި ހަނގުރާމަ އެކުގައި ހުއްޓާލުމަށެވެ. ޣައްޒާއެކުގައިހެން ބިމާހަމަކުރެވިފައިވުމުން ޣައްޒާގެ ރައްޔިތުން މިވަގުތު ތިބީ ވަރަށް ނިކަމެތި ޙާލަތެއްގައިކަންވެސް ފާހަގަކުރެއެވެ. 

ފަލަސްޠީނުން ބުނާ ގޮތުގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޢަދަދުވަނީ 14500 އަށްވުރެ އިތުރުވެފައެވެ. 

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ޣައްޒާ ނެތިކޮށްލަން ދިން ޙަމަލާތަކުގެ ސަބަބުން ޣައްޡާގެ ރައްޔިތުންނަށް ދުނިޔޭގެ ގިނަ ބައެއްގެ ތާއީދުވަނީ ލިބިފައެވެ. ބައެއް މީހުން ބުނެފައިވަނީ ޣައްޒާ ނެތިކޮށްލަން ދިން ޙަމަލާތަކުގެ ސަބަބުން މުޅި ދުނިޔެ ޣައްޒާއަކަށް ބަދަލުވެފައިވާ ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް