އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަލަސްޠީނަށްފަހު މުސްލިމް އެހެން ޤައުމުތަކަށްވެސް އަރައިގަންނާނެ!

ފަލަސްޠީނަށްފަހު މުސްލިމް އެހެން ޤައުމުތަކަށްވެސް އަރައިގަންނާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ކިތަންމެ ބާރުގަދަ ހަމަލާތަކެއް ދިން ނަމަވެސް އެއްވެސް ޤައުމެއް ނައްތައެއް ނުލެވޭނެއެވެ. ﷲ ތަޢާލާ އެޤައުމެއް ޣަރަޤުކުރެއްވެވުމުން މެނުވީ އެއީ އެކަމެއް ނުކުރެވޭނެއެވެ. ޤައުމުތައް ދެމިއޮންނާނެއެވެ. މިއީ މުޅި ދުނިޔެވެސް ޤަބޫލުކުރާނެ ޙަޤީޤަތެކެވެ. 

ދެން އޮތީ ކުޑަކުދިންނާއި އަންހެނުން މަރައި ހުސްކުރުމެވެ. އަންހެނުން މަރަނީ އިތުރަށް ދަރިފަސްކޮޅު ދެމިގެންދިއަ ނުދިނުމަށެވެ. ކުޑަކުދިން މަރަނީ ބޮޑުވެ ބަދަލު ހިފާނެތީއެވެ. މިއީ ދުނިޔޭގައި މިކަންކަން މިހައިތަނަށް ހިނގަމުން އައިސްފައިވާ ގޮތެވެ. 

މިއަދު ހުޅަނގާއި އެމެރިކާ ގުޅި ޔަހޫދީ ޒަޔަނިސްޓުންނަށް ވާގިވެރިގެން ފަލަސްޠިނުގައި އެހިންގާ ޖަރީމާތައް ހިންގުމުގެ މަޤްޞަދަކީ އެއީއެވެ. ފަލަސްޠީން ނައްތައިލުމެވެ. ފަލަސްޠީނަށްފަހު އެހެން މުސްލިމް ޤައުމުތަކަށްވެސް އަރައިގަންނާނެއެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. 

މުސްލިމުންގެ ވެރިން މިއަދު މިކަންކަމަށް ވިސްނައި ތައްޔާރުނުވެ އޮވެއްޖެނަމަ ލިބޭނެ ނިކަމެތިކަން ވަރަށް ބޮޑެވެ. ފަލަސްޠީނާއި އިޒްރޭލުގެ މައްސަލަ ޙައްލުނުކުރެވި ޤަރުނެއްވާން މިދަނީ އެމައްސަލަ ޙައްލުކުރަން ހުޅަނގާއި އެމެރިކާއިން ބޭނުންނުވާތީއެވެ. 

ދުނިޔޭގެ ހުރިހާ ޤައުމުތަކަށް ބެލިނަމަވެސް ފަލަސްޠީނުގެ ރައްޔިތުން ފަދައިން އަޅުވެތިވެފައިވާ ބައަކު ފެންނާކަށް ނެތެވެ. އެމީހުންނަށް އަދިވެސް ތިބެންޖެހިފައި އެވަނީ އެއްވެސް މިނިވަންކަމެއް ނެތް އަޅުންތަކެއްގެ ގޮތުގައެވެ. އެންމެ ކުޑަމިނުން އެމީހުންނަށް އެހެން ޤައުމުތަކުން ފޯރުކޮށްދޭން ބޭނުންވާ އެހީތެރިކަންވެސް ނުލިބޭފަދަ ނިކަމެތި ޙާލަތެއްގައެވެ. މިހުރިހާ ކަންކަން އދ އަށްވެސް ރަނގަޅަށް އެނގެއެވެ. ނަމަވެސް ކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ 

ޙައްލު ހޯދެން އޮތީ ހަމައެކަނި އެންމެ ގޮތަކުންނެވެ. އެއީ މުސްލިމުން އެއް އުންމަތެއްގެ ގޮތުގައި ޘާބިތުވެ ކުރިމަތިލުމެވެ. އެހެން ގޮތަކުން މައްސަލައަށް އެއްވެސް ޙައްލެއް ލިބޭނެ އެއްވެސް މަގެއް ފެންނާކަށް ނެތެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް