އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ގޮތް ހުސްވެއްޖެ ކަމަށް ބަލައި އަމިއްލައަށް މަރުވާން ދިއަ ޒުވާނަކަށް ނުވެސް ދަންނަ މީހަކު ދީނުގައިވާ މަގުން ސަލާމް ގޮވުމުން ކުރި ބޮޑުފައިދާގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ގޮތް ހުސްވެއްޖެ ކަމަށް ބަލައި އަމިއްލައަށް މަރުވާން ދިއަ ޒުވާނަކަށް ނުވެސް ދަންނަ މީހަކު ދީނުގައިވާ މަގުން ސަލާމް ގޮވުމުން ކުރި ބޮޑުފައިދާގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 12 ސިކުންތު

އަހުރެންގެ ވަޒީފާ ގެއްލުމުން ޢާއިލާއިން އަހުރެން ދޫކޮށްލިއެވެ. ދެރަކޮށް ނިކަމެތިކޮށްލިއެވެ. އަހުރެންނަށް ކުރިމަތިވި ކަންކަމުގައި ޢާއިލާގެ އެއްބާރުލުން ނުލިބުމުން ލިބެމުން އައި ހިތްދަތިކަން ބޮޑުވަމުންގޮސް ސިކުނޑި ފުރިބާރުވިއެވެ. 

މިދުނިޔޭގައި އަހުރެން ދެކެ ލޯބިވާ އަހުރެންނަށް އަޅައިލާނެ އެއްވެސް މީހަކު ނެތްކަން ޔަޤީން ކުރެވުނެވެ. ދުނިޔޭގައި ހުރުމުގެ ބޭނުމެއް ނެތްކަމަށް ވިސްނެން ފެށިއެވެ. އެޙާލަތުގައި އަހުރެންގެ ނަފަސްގެ ކޮންޓްރޯލް އަހުރެންގެ އަތުން ގެއްލުނެވެ. 

އެޙާލަތުގައި އަހުރެންނަށް ނިންމުނީ މީހަކަށް ނިންމޭނެ އެންމެ ނުބައި ނިންމުމެވެ. އެއީ އަމިއްލައަށް މަރުވުމެވެ. އެހެންވެ ގެއާއި ޢާއިލާއަށް އަލްވިދާޢު ކިޔައި ގެއިންނުކުތީމެވެ. އެއީ ގެއާއި ދާދިގާތުގައި އޮންނަ ބާރަށް އޮއިދެމޭ ކޯރަކަށް ފުންމާލައިގެން މަރުވުމުގެ ބޭނުމުގައެވެ.

ތަންކޮޅަކަށް ހިނގުމަށްފަހު މަގުހުރަސްކުރަން އުޅެނިކޮށް ބައްދަލުވިމީހަކު އަހުރެންނަށް "އައްސަލާމް ޢަލައިކުމް ވަރަޙުމަތުﷲ" ކިޔައި އިސްލާމް ދީނުގެ ރިވެތިސަލާމުން ސަލާމްކުރިއެވެ.

އެވަގުތު ވިސްނައިލެވުނެވެ. "އެއީ އަހުރެން ދަންނަ މީހެއްވެސް ނޫނެވެ. އެކަމަކު އޭނާ އެދުޢާކުރީ އަހުރެންނަށް ސަލާމަތްކަމާއި ރައްކައިތެރިކަން ދެއްވަވައި ﷲ ތައާލާގެ ރަޙްމަތް އަހުރެންނަށް ލެއްވެވުމަށެވެ. ވީމާ ޢާއިލާގެ މީހުން އަހުރެންނަށް ސަމާލުކަން ނުދިންނަމަވެސް އަހުރެންނަށް ސަމާލުކަން ދޭނެ ކޮންމެވެސް ބައަކު ދުނިޔޭގައި ތިބޭނެއެވެ." 

އެވިސްނުން އައުމާއިއެކު ވަޤުތުން މިސްރާބު ގެއާއި ދިމާއަށް ބަދަލުކުރީމެވެ. ގެއާއި ހަމައަށް ދެވުނުއިރު ވަނީ ވަރަށް ވަރުގަދަ ހިތްވަރެއް ލިބިފައެވެ. ފެންވަރައި ރީތި ފޭރާންލައި ގައިން މީރުވަސްދުއްވަމުން ދިއައީ މިސްކިތަށެވެ.

އެއިރު މެންދުރުވަޤުތުޖެހެން އިރުކޮޅެއް ހުއްޓެވެ. އެހެންވެ އިމާމްގެ ކޮޓަރިއަށްވަދެ ކަންތައް މެދުވެރިވި ގޮތް ކިޔައިދީ ތައުބާވާނެ ގޮތަކާއިމެދު ސުވާލުކުރުމުން އަހުރެންނަށް ވަރަށް ހިތްވަރުދިނެވެ. ބުނީ ފުރަތަމަކަށްވެސް ﷲ ތަޢާލާ ދެއްވެވި ބޮޑު ނިޢުމަތަށް ޝުކުރުވެރިވެ ދެރަކްޢަތް ނަމާދެއް ކުރުމަށެވެ. އަދި އެއަށްފަހު ޞުޙާނަމާދުގެ 4 ރަކްޢަތް ކުރުމަށްފަހު މެންދުރު ނަމާދު ނިމިގެން އިމާމް އާއި ބައްދަލުކުރުމަށެވެ.

އިމާމް ދެއްވި ނަޞޭޙަތުގައި ހިފީމެވެ. ގޭގައި ޢާއިލާއާއިއެކު ވަޤުތު ހޭދަކުރުމުގެ ބަދަލުގައި މިސްކިތުގައި ގިނަވަޤުތު ހޭދަކުރަންފެށީމެވެ. ނަތީޖާއަކަށްވީ ކުރިން ދިމާވި ޙާލަތު ދިމާވަން މެދުވެރިވި އެންމެ ބޮޑު މައްސަލަ ޙައްލުވެގެންދިއުމެވެ. އެއީ ރަނގަޅު ވަޒީފާއެއް ލިބުމެވެ. ރަނގަޅު މުސާރައެއްވެސް ލިބެން ފެށުމެވެ.

މިއަދު އަހުރެންނަކީ ރަނގަޅު މުސާރައެއް ލިބޭ މީހެކެވެ. އަންތބަކާއި 2 ދަރިންވެސް އެބަތިއްބެވެ. ދިރިއުޅެނީ އަނބިމީހާގެ ފްލެޓެއްގައެވެ. ވަރަށް އުފަލުގައެވެ. ވަރަށް ލޯބިންނެވެ. 

އަހުރެންނަށް ހެދެން އުޅުނު އެބޮޑު ގޯހުން، ކުރެވެން އުޅުނު ބޮޑުފާފައިން ސަލާމަތްވެވުނު ގޮތުގެ ވާހަކަ މިކިޔައިދިނީ އެކަކު އަނެކަކާއި ބައްދަލުވުމުން ދީނުގައިވާ މަގުން ސަލާމް ގޮވުމުގެ ފައިދާ އަހުރެންނަށް ތަޖުރިބާކުރެވުނު ގޮތް ކިޔައިދިނުމަށެވެ. ޢިބްރަތަކަށްވާނެ ކަމަށް އުންމީދުކުރަމެވެ. އަދި ބައްދަލުވާ ހުރިހާ މުސްލިމުންނަށްވެސް ދީނުގައިވާ މަގުން ސަލާމްކުރަން ހިތްވަރުދީ ވަޞިއްޔަތް ކުރަމެވެ.

 

--އިސްމާޢީލް / ކަރާޗީ، ޕާކިސްތާން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް