އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު
ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ޣައްޒާއަށާއި ފަލަސްޠީނަށް ބޮން އަޅައި ޓޭންކްތަކުން ޙަމަލާދެނީ ހަމާސް ނައްތައިލުމުގެ ބޭނުމުގައެވެ. ނަމަވެސް އެމީހުންނަށް އެމަޤްޞަދު ޙާޞިލްވުމުގެ ބަދަލުގައި އެތައް ހާސް ބައަކު ހަމާސްއަށް އިތުރުވަނީއެވެ.
ހަމާސް އަކީ ފިކުރެކެވެ. ފަލްސްޠީނުން އަނިޔާ ލިބުނު ކޮންމެ މީހަކުވެސް ހަމާސްގެފިކުރާއި ދާނީ ގުޅެމުންނެވެ. ވީމާ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ޣައްޒާއަށާއި ފަލަސްޠީނަށް ދިން ޙަމަލާތަކުގައި ޢާއިލާއިން މީހުން ޝަހީދުވެ، ޝަހީދުނުވެ ސަލާމްތަވި އެންމެންނާއި ގެދޮރަށާއި މުދަލަށް ގެއްލުން ލިބުނު އެންމެންގެ ފިކުރު މިހާރު ހުންނާނީ ހަމާސް ޢާއި ގުޅިފައެވެ.
މީގްތެރޭގައި ސަލާމަތްވި ކުޑަކުދިންވެސް ހިމެނޭނެއެވެ. އެކުދިން ބޮޑުވުމުން ބަދަލުވެގެން ދިއުން ގާތީ ހަމާސްގެ ހަނގުރާމަވެރިންނަށެވެ. އަދި ޝަހީދުނުވެ ސަލާމަތްވި ހުރިހާ ޒުވާނުންނާއި މުސްކުޅިންނާއި ކުޑަކުދިންވެސްމެއެވެ.
ހަމާސްގެ ފިކުރަކީ ފަލަސްޠީނު މިނިވަންކޮށް ޤުދްސް އަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ހަދައި މަދުލްއަޤްޞާއަކީ މުސްލިމުންގެ ބާރުގައިވާ ތަނަކަށް ހެދުމެވެ. ވީމާ އެފިކުރު ނައްތާލައި އިޒްރޭލަށް ސަލާމަތްކަން މަތީގައި ދެމިއޮވެވޭނީ ހަމާސް އެދޭކަންކަން އެމީހުންނަށް ޙާޞިލްކުރެވިގެންނެވެ. އެކަންކަން ކޮށްނުދީ އަނިޔާކޮށް ފިއްތުންތައް ކުރިމަތިކުރުވާވަރަކަށް އިޒްރޭލަށް ދާނީ ނުރައްކައުތަކާއި ކުރިމަތިލާންޖެހުން އިތުރުވަމުންނެވެ.
ހަމާސް އެދެމުން އެގެންދަނީ އެމީހުންގެ އަމިއްލަ ކަންކަމަކަށް ނޫނެވެ. މުޅި އިސްލާމީ އުންމަތް އެކަމަށް އެދޭ ކަންތައްތަކަށެވެ. އިސްލާމް ދީން ނަގަހައްޓައި އިސްލާމީ އުންމަތް ދެމެހެއްޓުމަށްޓަކައި ކޮންމެހެން އެދެން ޖެހޭނެ ކަންތައްތަކަށެވެ. ވީމާ ހަމާސްގެ ފިކުރަކީ ދޭ ޙަމަލާތަކަކުން ނައްތައިލެވޭނެ ފިކުރެއް ނޫނެވެ.
Advertisement
27 ނޮވެމްބަރ 2023