އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 17 ސިކުންތު
ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ޣައްޒާއަށް ދެމުން ގެންދާ ޢުދުވާނީ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށްޓަކައި އދ ގެ ސެކެޓްރީ ޖެނެރަލަށް ލިބިދޭ އެންމެ މަތީ ބާރުގެ ބޭނުން އެމަނިކުފާނު ކުރައްވައިފިއެވެ.
އެކަން ސެކެޓްރީ ޖެނެރަލް އަންގަވާފައި ވަނީ އ.ދގެ ސަލާމަތީ މަޖިލީހަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
99 މާއްދާ: މުޅި ދުނިޔޭގެ ސުލްޙައާއި ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތެއް ކުރިމަތިވެފައިވާ ކަމަށް ސެކްރެޓަރީ ޖެނެރަލަށް ޤަބޫލު ކުރެއްވިއްޖެ ނަމަ، އެ ކަމަކާ މެދު ވަގުތުން ފިޔަވަޅު އެޅުމަށް ސަލާމަތީ މަޖިލީހަށް އަމުރު ކުރެއްވުމުގެ ބާރު ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ލިބިގެންވެއެވެ.
ފަލަސްޠީނުގެ ކަންކަން މިޙާލަތަށް ދިއައިރުވެސް މުސްލިމް އުންމަތުވެ ބާރުގަދަ ވެރިން، އެމީހުންނަށް ﷲ ދެއްވެވި ތަނަވަސްކަންމަތީގައި ތިބެގެން ކުރާ ކައްކައިދެނީއެވެ. ފަތިހު ހާގޮވުމުން އިރުއަރައި އަލިވެއެވެ. މިއިން ވެރިއަކު ގޮވާ ގޮވުމަކުން ވާއެއްވެސްކަމެއް ނެތެވެ.
އިތުރު ތަފްޞީލް ވީނިޔުސްއިން:
ޣައްޒާ ހަނގުރާމައާ ގުޅިގެން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް، މަގާމުގެ ހައިސިއްޔަތުން އޭނާއަށް ލިބިވަޑައިގެންފައިވާ އެންމެބޮޑު ބާރުގެ ބޭނުން ކުރައްވައިފިއެވެ.
އެއީ، އދގެ ޗާޓަރުގައި ހިމެނޭ މާއްދާ 99 ތަންފީޒު ކުރެއްވުމެވެ.
މިއީ، އދގެ ސެކްރެޓަރީ ޖެނެރަލްއަށް މަގާމުގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އެންމެ ބާރުގަދަ ޑިޕްލޮމެޓިކް ޓޫލްކަމަށް ވެއެވެ.
މި ހާލަތަކީ، ދުނިޔޭގެ ސުލްހައާއި، ސަލާމަތްތެރިކަން ދެމެހެއްޓުމަށް ނުރައްކާވެއްޖެ ކަމާއި، ފިޔަވަޅު އަޅަން ޖެހިއްޖެކަން އދގެ ސެކްރެޓަރީ ޖެނެރަލް، ސަލާމަތީ މަޖިލީހަށް ރަސްމީގޮތުން އެންގުމަށް އޮންނަ މާއްދާއެކެވެ.
މިއީ، 1 ޖެނުއަރީ 2017 ގައި ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ގުޓަރޭސް ހަވާލުވެވަޑައި ގެންނެވިފަހުން، މާއްދާ 99 ތަންފީޒު ކުރެއްވި، ނުވަތަ އިންވޯކްކުރެއްވި ފުރަތަމަ ފަހަރެވެ.
މި ބާރުގެ ބޭނުން ސެކްރެޓަރީ ޖެނެރަލް މި ކުރެއްވީ ޣައްޒާ ހަނގުރާމައިގެ މައްސަލައިގައެވެ.
މާއްދާ 99 ތަންފީޒު ކުރެއްވިކަން އދގެ ސެކްރެޓަރީ ޖެނެރަލް އެންގެވީ، ސަލާމަތީ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައެވެ.
ސިޓީގައި ސެކްރެޓަރީ ޖެނެރަލްވަނީ، ޣައްޒާއަށް އިންސާނީ ކާރިޘާއެއް ކުރިމަތިވުން ހުއްޓުވަން ފިޔަވަޅު އެޅުމަށާއި، ހަނގުރާމަ ހުއްޓުވަން ފިޔަވަޅު އެޅުމަށް ރަސްމީ އިލްތިމާސް ކުރައްވާފައެވެ.
ޣައްޒާގެ ހާލަތު މިހާރުދަނީ އަނބުރާ އިއާދަ ނުކުރެވޭނެ ކާރިޘާއެއްގެ ހާލަތަށް ބަދަލުވަމުން ކަމަށާއި، ކޮންމެފަދަ އަގެއްގައި ނަމަވެސް އެކަން ހުއްޓުވަންޖެހޭ ކަމަށް ގުޓަރޭސް ވިދާޅުވެފައި ވެއެވެ.
ޣައްޒާ ހަނގުރާމަ އިތުރަށް ފުޅާވިޔަނުދީ، މި ކާރިޘާ ނިމުމަކަށް ގެނައުމަކީ ބައިނަލްއަގްވާމީ މުޖުތަމައުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށްވެސް އދގެ ސެކްރެޓަރީ ޖެނެރަލް ސަލާމަތީ މަޖިލީހަށް ފޮނުއްވި ސިޓީގައި ވެއެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް އެންމެމަތީ ޑިޕްލޮމެޓިކް ބާރުގެ ބޭނުން މިކުރެއްވީ، ސަލާމަތީ މަޖިލީހުގައި ހިމެނޭ މެމްބަރު 15 ގައުމުގެ އަޣުލަބިއްޔަތު، ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ތާއީދުކުރާކަން ހާމަކުރުމުންނެވެ.
އެހެން ނަމަވެސް، ހަނގުރާމައާ ގުޅިގެން ސަލާމަތީ މަޖިލީހުން މިހާތަނަށް އެއްވެސް ގަރާރެއް ފާސްކޮށްފައެއް ނުވެއެވެ.
ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ 5 މެމްބަރު ގައުމުގެ ތެރެއިން އެމެރިކާއިން ގެންދަނީ، އެއްވެސް ގަރާރެއް ހުށަހަޅައިފިނަމަ ވީޓޯ ކުރާނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.
އެމެރިކާއިން ބުނަނީ، ސަލާމަތީ މަޖިލީހުން ފާސްކުރާ ގަރާރަކުން ވާނޭ ކަމެއް ނޯންނާނެ ކަމަށާއި، ކުރަންޖެހޭ ކަމަކީ މަޝްވަރާކުރުން ކަމަށެވެ.
ސެކްރެޓަރީ ޖެނެރަލް އެޅުއްވި ފިޔަވަޅާއެކު، އދއިން މަސައްކަތް ކުރަމުންގެންދަނީ ހަނގުރާމަ ހުއްޓުވައި، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ.
އިންތިހާއަށް ތަކުލީފު އުފުލަމުންދާ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދގެ ތެރޭގައި އޮތް ހުރަސް ނައްތާލުމުގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ.
ސެކްރެޓަރީ ޖެނެރަލްގެ ނިންމެވުމުގެ ސަބަބުން ސަލާމަތީ މަޖިލީހުގެ ޖަލްސާއެއް ބާއްވައި، ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެގެންދާނެއެވެ.
Advertisement
7 ޑިސެމްބަރ 2023