އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޣައްޒާގަ ޔަހޫދީ ޒަޔަނިސްޓުންގެ އަނިޔާވެރިކަން ޙައްދުފަހަނައަޅައިފި- ބޮޑެތި ޤަތުލްޢާންމުތައް ހިންގުމާ ފިރިހެނުންނަށް ނުޖައްސާ ޙާލެއް ނެތް!

ޣައްޒާގަ ޔަހޫދީ ޒަޔަނިސްޓުންގެ އަނިޔާވެރިކަން ޙައްދުފަހަނައަޅައިފި- ބޮޑެތި ޤަތުލްޢާންމުތައް ހިންގުމާ ފިރިހެނުންނަށް ނުޖައްސާ ޙާލެއް ނެތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 45 ސިކުންތު

ޙައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުންނަށް ޣައްޒާގެ މައްޗަށް ވެރިވެގަނެވުމުން އެމީހުންގެ އަނިޔާވެރިކަން ޙައްދުފަހަނައަލައިފިއެވެ. ކުރަމުން ގެންދާ ޢަމަލުތަކަކީ ދުނިޔޭގެ ފަހުގެ ތާރރީޚުންވެސް ފެނިފައިވާ ފަދަ އަނިޔާވެރި ޢަމަލުތަކެވެ. 

ޣައްޒާގެ އުތުރުގައި، ފަލަސްތީނުގެ އާންމުން ހިމާޔަތް ހޯދައިގެންތިބި އދއިން ހިންގާ ސްކޫލްތަކަށް ވަދެގަނެ، ހުރިހާ ފިރިހެނުންތައް ރަހީނުކޮށް މަގުމައްޗަށް ނެރެ ޔަހޫދީ ޓެރަރިސްޓު ސިފައިން ބޮޑެތި އާންމުތައް ހިންގަން ފަށައިފިއެވެ.

އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ގެންދަނީ، ޒުވާން ފުރައިގެ ފިރިހެން ކުދިންނާއި، މެދުއުމުރުގެ އަދި ދޮށީ އުމުރުގެ ފިރިހެނުންވެސް މަގުމައްޗަށް ނެރެ، ގައިގައި އޮތް ހެދުން ބާލުވައި، ފޮޓޯއާއި ވީޑިއޯ ނަގައި އާންމު ކުރަމުންނެވެ.

އަދި ބުނަމުންގެންދަނީ، ހަމާސްގެ އެތައް ސަތޭކަ މުޖާހިދުން އަމާންދީފި ކަމަށާއި، ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ އެމީހުން ކަމަށެވެ.

އެހެންނަމަވެސް، އިސްރާއީލުން އާންމުކުރަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ޣައްޒާގައި ހަރަކާތްތެރިވާ ބައެއް ނޫސްވެރިންވެސް ފެނުމާއި، އަދި އެއީ، އދއިން ހިންގާ ސްކޫލްތަކަށް އަރައިގަނެ ގަދަކަމުން ހައްޔަރުކުރި އާންމުން ކަމަށް ފަލަސްތީނުގެ އެކި މަސްދަރުތަކުންނާއި ނޫސްވެރިންވެސް ގެންދަނީ ބުނަމުންނެވެ.

މެޑިޓަރޭނިއަން އޮބްޒަރވޭޓަރީން ބުނެފައިވަނީ، ރަހީނުކޮށްފައިވާ މީހުންގެ ތެރޭގައި ނޫސްވެރިންގެ އިތުރުން، ޑޮކްޓަރުންނާއި، ތައުލީމީ ދާއިރާގެ މީހުންގެ އިތުރުން، އުމުރުދުން ދުވަސްވީ އެތައް ބަޔަކުވެސް ހިމެނޭ ކަމަށެވެ.

މަގުތަކަށް ނެރެ އޮރިޔާންކުރުމަށްފަހު، ފޮޓޯއާއި ވީޑިއޯ ނަގައި، އޭގެފަހުން ވެހިކަލްތަކަށް އަރުވައިގެން ގެންދާ މަންޒަރުތައް ފެނެއެވެ. ގެންދަނީ ކޮންތާކަށްކަމެއް، އެމީހުންނާމެދު ޓެރަރިސްޓުން އަމަލުކުރާނެ ގޮތެއް އެއްވެސް ބަޔަކަށް ނޭނގެއެވެ.

އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ފަލަސްތީނުގެ އާންމުންނާމެދު ހިންގާ މި އަނިޔާވެރި އަމަލުތަކުގެ ވީޑިއޯތަކާއި ފޮޓޯތައް އިސްރާއީލުގެ މީޑިއާއިން ވަރަށް ފޯރީގައި ގެންދަނީ ފަރުތަމުންނެވެ.

މިކަން ފާހަގަކުރައްވައި، ފަލަސްތީނުން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ، ހުސާމް ޒޮމްލޮޓް ފޮޓޯއަކާއެކު އެކްސް ޕްލެޓްފޯމްގައި ޕޯސްކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، މިއީ އިންސާނީ ތާރީޚްގެ ކަޅުދުވަހެއް ކަމަށެވެ.

އަދި އިސްރާއީލު ސިފައިން ޣައްޒާގެ އެތަން މިތަނަށް ބޮންއަޅައި އެތައްހާސް ކުޑަކުދިންނާއި، އަންހެނުންނާއި އާންމުން ޝަހީދުކުރަމުންދާއިރު، އޭގެ އެއްވެސް މަންޒަރެއް، ޣައްޒާއަށް ދެމުންގެންދާ ގެއްލުންތަކުގެ މަންޒަރެއް އަދި އޭގެ ވާހަކައެއް ދައްކަން އިސްރާއީލުގެ މީޑިއާއަށް ނުކެރުނު އިރު، ފަލަސްތީނު އާންމުން މަގުތަކަށް ނެރެ އޮރިޔާންކޮށް ފުރައްސާރަކުރާ މަންޒަރު ދެއްކުމަކީ ލަދުވެތި އަމަލެއް ކަމަށެވެ.

އދއިން ހިންގާ ސްކޫލްތަކުން ހުރިހާ ފިރިހެނުންތައް ރަހީނުކޮށްގެން ގެންދިއުމުގެ އިތުރުން، ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ހުންނަ އިންޑޮނޭޝިޔާ ހޮސްޕިޓަލް ކައިރީގައި ހުރި ސްކޫލަކުން ހިމާޔަތް ހޯދައިގެންތިބި އާންމު އެތައް ބަޔަކު ހިފައި ރަހީނުކުރުމަށްފަހު އެމީހުންގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައިވާ ކަމުގެ ރިޕޯޓްތައްވެސް އާންމުވެފައި ވެއެވެ.

ބަޑިޖަހައި ޝަހީދުކޮށް މަގުތަކާއި، ސްކޫލްގެ ގޯތިތެރެއަށް އުކާލާފައިވާ އެތައް ބައެއްގެ ހަށިތައް ފެންނަ ވީޑިއޯތައްވެސް އާންމުވަމުން އެބަދެއެވެ.

ޣައްޒާއަށް އަރައިގެންފައިވާ ޒަޔަނިސްޓު އިސްރާއީލުގެ ޓެރަރިސްޓު ސިފައިންގެ އަމަލުތައް މިހާރު ހުރީ، މޮޔަވެފައިވާ ކުއްތާތަކެއްގެ ގޮތުގައެވެ. ކުޑަކުއްޖެއް އެހެންމީހެއް ނުބަލައި އަތުޖެހުނު މީހަކު ގެންދަނީ ޝަހީދުކުރަމުންނެވެ.

އދގެ ސްކޫލްތަކުން ހިމާޔަތް ހޯދައިގެން ތިބި މީހުންގެ ތެރެއިން އަތުޖެހޭ ހުރިހާ ފިރިހެނުން ރަހީނުކޮށް، ކުޑަކުދިންނާއި އަންހެނުން އެ ތަންތަނުން ނެރެމުން ގެންދެއެވެ.

ހިތާމައަކީ އިސްރާއީލުގެ ޓެރަރިސްޓުން ނަސްލު ނެތިކޮށްލުމުގެ ޖާރީމާތައް ހިންގާއިރުވެސް ދުނިޔެ "ކަނު" ވެފައިވާ ކަމެވެ. ދުނިޔެއަކީ ސުލްހަވެރި އަދި ސަލާމަތްތެރި ތަނަކަށް ހެދުމަށް އުފައްދާފައިވާ އދ، ވާގިނެތިފައިވާ ކަމެވެ.

 

ތަފްޞީލް ސައިފް އަޒްހަރު

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް