އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕެޓްރޯލާއި ޑީސެލްގެ އަގު ހެޔޮކޮށްފި

ޕެޓްރޯލާއި ޑީސެލްގެ އަގު ހެޔޮކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 43 ސިކުންތު

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސެލްގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ޕެޓްރޯލުގެ އަގު ހެޔޮކޮށްފައިވާއިރު، މި ވޭތުވި މުއްދަތުގައި 14.73 ރުފިޔާއަށް ހުރި ޕެޓްރޯލް ލީޓަރެއްގެ އަގު، 14.33 ރުފިޔާއަށް ވަނީ ބަދަލުކޮށްފައެވެ. އަދި ކުރިން 15.07 ރުފިޔާއަށް ހުރި ޑީސެލް ލީޓަރެއްގެ އަގު 14.62 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ. އެހެންކަމުން ޕެޓްރޯލް ލީޓަރަކުން ހެޔޮކޮށްފައި މިވަނީ 0.40 ލާރިއެވެ. ޑީސެލް ލީޓަރަކުން ހެޔޮކޮށްފައި މިވަނީ، 0.45 ލާރިއެވެ.

މިއީ މި އަހަރުގެ ތެރޭގައި އެ ކުންފުނިން ޕެޓްރޯލާއި ޑީސެލްގެ އަގު ހެޔޮކުރި ހަތަރުވަނަ ފަހަރެވެ.

އެސްޓީއޯ ޕެޓްރޯލާއި ޑީސެލްގެ އަގަށް ބަދަލު ގެނެސްފައި މިވަނީ ގާތްގަނޑަކަށް ހަ މަސް ދުވަސް ފަހުންނެވެ. އެންމެފަހުން އެސްޓީއޯއިން އަގަށް ބަދަލު ގެނެސްފައިވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް
މިއަދު