އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އެންމެ އިސްކަންދެއްވާ ސިޔާސަތަކަށް އެމަނިކުފާނުގެ ކެމްޕެއިން ދުވަސްވަރުންފެށިގެން އަދި އޮފީހާއި ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށްފަހުވެސް ބައްލަވަމުން ގެންދަވަނީ ރައްޔިތުންގެ ފްޑްސެކިއުރިޓީ ޤާއިމްކުރުން ކަމަށާއި އިން ޝާ ٱللَّٰه އެކަންކާމިޔާބުކުރާނީ ދެމެހެއްޓެނިވި ވަށާޖެހޭ ހައްލަކާއިއެކު ކަމަށް އިޤްޠިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖެއަށް އަސާސީ އެއްވެސް ބާވަތެއްގެ މުދައު އެތެރެކުރުމުގައި ހުރަހެއްނެތްކަމަށެވެ. އަދި ރާއްޖެއާއި އެކުވިޔަފާރިކުރާ އެކުވެރި ޤައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭނެކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ.
އަދި ދުނިޔޭގެކާބޯތަކެތީގެ ބާޒާރަށް ނުވަތަ ވަކިވަކިޤައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލުއައުމަކީ އެކިދުވަސްވަރު ހިނގާ ކަންކަން ކަމުގައިވެސް ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.
ވަޒީރު މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ \އިންޑިއާގެ ލޮކް ސަބާ އިންތިޚާބާ ދިމާކޮށް އިންފްލޭޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން، އަންނަ އަހަރުގެ މާރޗު މަހާއި ހަމައަށް އެ ގައުމުން ފިޔާ އެކްސްޕޯޓު ކުރުން މަނާކޮށްފައިވާ ދަނޑިވަޅެއްގައި ކުރައްވާފައިވާ އެކްސް ޕޯސްޓެއްގައެވެ.
އިންޑިއާއަކީ އަސާސީ ބައެއް ބާވަތްތައް ރާއްޖެއަށް ފޯރުކޮށްދިނުމުގައި އަބަދުވެސް އިސްކަންދޭ ޤައުމެކެވެ. އެހެންކަމާއިއެކުވެސް އިންޑިއާގެ މާކެޓަށް އަންނަ ލޮޅުންތަކާއި ގުޅިގެން ދޭތެރޭތެރެއިން ފިޔާ ފަދަ ބާވަތްތައް ލިބުމަށް ހުރަސްތައް ކުރިމަތިވާކަން ފާހަގަކުރެވެއެވެ.
Advertisement
9 ޑިސެމްބަރ 2023