އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު
އިސްރާއީލާ ދެކޮޅަށްް ރިޕަބްލިކް އޮފް ސައުތު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހެޅި މައްސަލައަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.
ދިވެހި ސަރުކާރުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، 1948 ވަނަ އަހަރުގެ "ކޮންވެންޝަން އޮފް ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޯސައިޑް" އާ އިސްރާއީލުން ހިލާފުވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ދެކުނު އެފްރިކާއިން 29 ޑިސެމްބަރު 2023 ގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހެޅި ހުށަހެޅުމަށް ދިވެހި ސަރުކާރުން ފުރިހަމައަށް މަރުހަބާ ކިޔާ ކަމަށެވެ.
ދިވެހި ޚާރިއްޖާއިން ފާހަގަކުރި ގޮތުގައި، އިސްރާއީލުގެ [ހަރުކަށި ޔަހޫދީ] އަސްކަރިއްޔާއިން މިހާރު ދެމުންގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއް ނެތް އެތައް ހާސް އާންމުންނެއް، ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިން ވަނީ ޝަހީދުކޮށްލާފައެވެ.
ފަލަސްޠީނުގެ ކުށެއްނެތް މަދަނީ އާބާދީއާ ދެކޮޅަށް، ރާވައިގެން ހިންގަމުންދާ މިޖަރީމާތަކަކީ، ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކުގެ ޤާނޫނުތަކާ ޚިލާފު، އަދި އިންސާނިއްޔަތާވެސް ޚިލާފު ޢަމަލުތަކެއް ކަމުގައި ދިވެހި ސަރުކާރުން ދެކެއެވެ.
Advertisement
4 ޖެނުއަރީ 2024