އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ގައުމީ ޖިހާދެއް: އަބްދުﷲ ނާޒިމް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ގައުމީ ޖިހާދެއް: އަބްދުﷲ ނާޒިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ގައުމީ ޖިހާދެއް ކަމަށް ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާ ސިފައިން ފޮނުވާލުމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ނާޒިމް ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ރައީސް މުއިއްޒުގެ ސަރުކާރުން ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާ ކަމަށެވެ.

އެގޮތުން މިހާތަނަށް އެކަމާ ގުޅިގެން 10 ބައްދަލުވުމެއް ބޭއްވުނު ކަމަށާއި މިމަހުގެ 2 ވަނަ ދުވަހު ވެސް އިންޑިއާގެ ސަފީރާއި ފޮރިން މިނިސްތްރީގެ ހައިލެވެލް ބޭފުޅުން ބައްދަލު ކުރައްވާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން ވެސް މިމަހު އިތުރު ބައްދަލުވުމެއް ތާވަލު ކޮށްފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، މިފަދަ ކަންކަމަކީ ޑިޕްލޮމެޓިކް އުސޫލުން ނޫނީ ހައްލު ނުކުރެވޭނެ ކަންކަމަށް ވާތީވެ ސަރުކާރުން އެކަން ކުރަމުން އަންނަނީ ޤާނޫނީ އިމުގެ ތެރެއިން ސަރުކާރުގެ ތެރެއިން ކުރަން ޖެހޭ މަސައްކަތް، ތަހުޒީބު ގޮތުގައި ދުނިޔެ ގަބޫލު ކުރާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގައި މަތިން ކަމަށެވެ. އަދި އެއީ ގައުމީ ޖިހާދެއް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު