އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސާފު ރިޕޯޓު ދަމަހާއްޓާ މީހުންނަށް ހާއްސަ ލުއިފަސޭހަ ހިދުމަތް ދޭން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ކަސްޓަމްގެ އެސިސްޓެންޓް ކޮމިޝަނަރ ހަމްދޫން ވިދާޅުވެއްޖެ

ސާފު ރިޕޯޓު ދަމަހާއްޓާ މީހުންނަށް ހާއްސަ ލުއިފަސޭހަ ހިދުމަތް ދޭން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ކަސްޓަމްގެ އެސިސްޓެންޓް ކޮމިޝަނަރ ހަމްދޫން ވިދާޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 54 ސިކުންތު

ކަސްޓަމްގެ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ތެރެއިން ސާފު ރިޕޯޓު ދަމަހައްޓާފައިވާ މީހުންނަށް ހާއްސަ ލުއިފަސޭހަ ހިދުމަތް ދޭން ޕްރޮގްރާމެއް ވަނީ ހަމަޖެހިފައި ކަމަށް ކަސްޓަމްގެ އެސިސްޓެންޓް ކޮމިޝަނާ އިސްމާއިލް ހަމްދޫން ވިދާޅުވެއްޖެއެވެ. 

މިއަދު ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަމްދޫން ވިދާޅުވީ, ކަސްޓަމްސްްއިން މުދާ އިމްޕޯޓުކޮށް އެކްސްޕޯޓު ކުރާ ފަރާތްތަކުގެ ތެރެއިން އެ މަސައްކަތުގެ ސާފު ރެކޯޑުތައް ދަމަހައްޓާފައިވާ މީހުންނަށް ހާއްސަ އަދި ލުއިފަސޭހަ ހިދުމަތްތަކެއް ދިނުމަށް ވަނީ މަޝްވަރާކުރެވި އެކަން ކުރެވިގެން ދާނެ ކަމަށެވެ.

މި ހިދުމަތް ލިބިގެން ދާނީ އިމްޕޯޓު އަދި އެކްސްޕޯޓުގެ ވިޔަފާރި ކުރާ ފަރާތްތަކަށެވެ.

ހަމްދޫން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމްދު މުއިއްޒުގެ ވެރުކަމުގެ ފުރަތަމަ 14 ހަފްތާ ގައި ކުރައްވަން ހަމަޖެހިފައިވާ ކަންތަކުގެ ތެރެއިން މުހިއްމު ޓާގެޓު ތަކެއް މިހާރު ވަނީ ހާސިލް ވެފައި ކަމަށެވެ. 

އެގޮތުން އެއާ ކާގޯ އޮޓޯމޭޓެޑް ވެފައި ވާ ކަމަށް ހަމްދޫން ވިދާޅުވިއެވެ. އެގޮތުން، އޮންލައިންކޮށް މުދާ ދޫކުރުމުގެ ޑޮކިއުމެންޓްތަށް އަޕްލޯޑުކުރުމުން އޮޓޯއިން މުދާ ޗެކު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައިއެވެ. 

އަދި ކަސްޓަމްސް އާއި އެމްއޭސީއެލްއާއި ދެމެދު މުދާ ނެގުމަށް ކުރަން ޖެހޭ މަސައްކަތް ކުރަން ހޭދަވާ ވަގުތު މަދު ވެގެން ދާނެ ކަމަށްވެސް ހަމްދޫން ވިދާޅުވިއެވެެ.

އަދި އާޓިފިޝަލް އިންޓެލިޖެންސް- އޭއަިއި ބޭނުންކޮށްގެން ވަނީ އައިޓަމްތަެއ ގިންތިކުރަން ފަށާފައިކަމަށާއި އަދި އޭއައި ބެނުން ކޮށްގެން ޑިއުޓި ކަލްކިއުލޭޓު ކުރެވިގެން ދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

މީގެ އިތުރުން މިހާރު ޕެކޭޖާއި ގުޅޭ ތަފްސީލު ސާފުކުރަން ޓްރެކިން ނަމްބާ ޖައްސަވާލެއްވުމުން އެ ޕެކޭޖުގެ އަޕްޑެޓު ލިބިގެން ދާނެކަމަށްވެސް ހަމްދޫން ވަނީ ހާމަކޮށްފައިއެެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު