އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަސްޓަމްސް އިން އިއްޔެ 78 ޓަނުގެ މޭވާ އާއި ތަރުކާރީ ކްލިއާ ކޮށްފި

ކަސްޓަމްސް އިން އިއްޔެ 78 ޓަނުގެ މޭވާ އާއި ތަރުކާރީ ކްލިއާ ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

މޯލްޑިވްސް ކަސްޓަމްސް އިއްޔެ އެކަނިވެސް 78 ޓަނުގެ މޭވާ އާއި ތަރުކާރީ ކްލިއާ ކޮށްފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ. 

ކަސްޓަމްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެ އެތެރެކޮށްފައިވާ 78 ޓަނުގެ މޭވާއާއީ ތަރުކާރީ ކްލިއާކޮށްފައިވަނީ އިއްޔެގެ 15:30 އިން 20:00 ގެ ނިޔަލަށެވެ.   

ތެރެއިން ރަމަޟާންމަހަށް ބޭނުންވާނެ ސާމާނު ކްލިއާ ކޮށްފައިވަނީ ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް ޔޫސުފް މާނިއުގެ އިރުޝާދުގެ ދަށުން ކަމަށެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ "އެކްްސް ކުލޫސިވް ކުލިއަރޭންސް"ގެ ގަޑިއަކީ ރޯދަމަހާއި ދިމާކޮށް ކުލިއަރ ކުރުން އަވަސްކުރުމަށް ހަމަޖައްސާފައިވާ ވަގުތެއް ކަމުގައެވެ. 

ކުލިއާ ކުރި މޭވާ ތަކުރާރީގެ ބާވަތްތަކުގެ ތެރޭގައި އަލުވި، ޓޮމާޓޯ، ފަޅޯ، ކެބެޖު، ދޮންކެޔޮ، ކަރާ، ކިޔުކަންބާ އަދި އަނބުގެ އިތުރުން އެހެނިހެން ބާވަތްތައް ހިމެނޭ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ