އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަސްޓަމްސްގެ އުޅަނދުފަހަރުތަކުގައި، ޓްރެކިންގ ޑިވައިސް ހަރުކޮށްފި

ކަސްޓަމްސްގެ އުޅަނދުފަހަރުތަކުގައި، ޓްރެކިންގ ޑިވައިސް ހަރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ކަސްޓަމްސްގެ އުޅަނދުފަހަރުތަކުގައި، ޓްރެކިންގ ޑިވައިސް ހަރުކޮށްފއެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި ހުންނަ އުޅަނދުފަހަރާއި، އެފަދަ އުޅަނދުފަހަރަށް ގޮސްއައިސްވާ އުޅަނދުފަހަރާއި، ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން އެއްތަނުން އަނެއްތަނަށް ގެންދެވޭ މުދާ ނުވަތަ ވަކި ގޮތަކަށް ޢަމަލު ކުރަން ޤާނޫނު ނުވަތަ ގަވާއިދު ލާޒިމުކޮށްފައިވާ މުދަލާއި އެފަދަ މުދާ އުފުލާ އުޅަނދުފަހަރާއި އެފަދަ މުދާ ރައްދުކުރަންޖެހޭ އުޅަނދުފަހަރުގެ ޙަރަކާތްތައް މޮނިޓަރކޮށް، ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ.

މިގޮތުން "ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން އެއްތަނުން އަނެއްތަނަށް ގެންދެވޭ މުދަލާއި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ އުޅަނދުފަހަރު މޮނިޓަރކޮށް ބެލެހެއްޓުމާބެހޭ އުޞޫލު" ވަނީ 2018 ވަނަ އަހަރު އެކުލަވާލެވި ޢަމަލުކުރަން ފަށާފައެވެ. މިއުޞޫލަށް ފުރަތަމަ ޢަމަލުކުރަން ފެށިއިރު "ރަސްމީ ބަނދަރު ފިޔަވައި އެހެން ތަންތަނަށް ދިއުމަށް ހުއްދަ ދެވޭ އުޅަނދުފަހަރު" އަދި "ކަސްޓަމްސްއިން ދޫކުރާ ބަނގުރަލާއި އޫރުމަސް ގެންދަންޖެހޭ ތަނަށް ގެންދިއުމަށްޓަކާ އެތަކެތި އުފުލާ އުޅަނދުފަހަރު" ތަކުގައި އުޅަނދުފަހަރު އޮންނަ ތަން (ލޮކޭޝަން) އަންގައިދޭ އާލާތް (ޓްރެކިންގ ޑިވައިސް) ހަރުކުރެވި އުޅަނދުފަހަރުތަކުގެ ހަރަކާތްތައް ކަސްޓަމްސްއިން މޮނިޓަރކުރަން ފެށިއެވެ.

އަދި މިއުޞޫލަށް އެންމެ ފަހުން 2024 ފެބްރުވަރީ 29 ވަނަ ދުވަހު ގެނެވުނު އިސްލާހާއި ގުޅިގެން ކުރިން ޓްރެކިންގ ޑިވައިސް އަޅުވަންޖެހޭ އުޅަނދުފަހަރުގެ އިތުރުން އަންނަނިވި އުޅަނދުފަހަރުގައިވެސް ޓްރެކިންގ ޑިވައިސް ހަރުކުރަން ޖެހެއެވެ.

-  ބަނގުރަލާ އޫރުމަހުގެ ބާވަތްތައް ހުންނަ ސަފާރީ އުޅަނދުފަހަރު؛

-  ސޭފް އެންކަރޭޖްގެ ދަށުން ލޯކަލް ބަނދަރެއްގައި ބޭއްވުމުގެ ހުއްދަ ދެވޭ އުޅަނދުފަހަރު؛

-  ކަސްޓަމްސް ކޮންޓްރޯލްގެ ދަށުގައި އޮންނަ އުޅަނދުފަހަރަށް ތަކެތި ހިފައިގެންދާ ލޯކަލް އުޅަނދުފަހަރު.

2024 މާރޗް 15 ވަނަ ދުވަހުން ފެށިގެން މި އުޞޫލަށް ޢަމަލުކުރަން ފެށިފައިވާއިރު، މަތީގައި ބަޔާންކުރެވިފައިވާ ހުރިހާ އުޅަނދުފަހަރެއްގައި އުޅަނދުފަހަރު އޮންނަ ތަން (ލޮކޭޝަން) އަންގައިދޭ އާލާތް (ޓްރެކިންގ ޑިވައިސް) ހަރުކުރެވި އުޅަނދުފަހަރުތަކުގެ ހަރަކާތްތައް ކަސްޓަމްސްއިން މޮނިޓަރކުރަމުން ގެންދާނެއެވެ. އަދި، މި އުޞޫލާއި ޚިލާފުވާ ފަރާތްތަކަށް ކަސްޓަމްސްއިން ދެމުންދާ ޚިދުމަތް މެދުކަނޑާލާ  އަދި ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދާ ޙިލާފުވެއްޖެނަމަ، ޤާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅުވެސް އަޅަމުން ގެންދާނެއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު