އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސައްކަތް މިކުރަނީ އޮޓޮމޭޓްކޮށް ޑިޖިޓަލްކޮށް ހުރިހާ ކަމެއް ކުރުމަށް: ކޮމިޝަނރ އޮފް ކަސްޓަމްސް

މަސައްކަތް މިކުރަނީ އޮޓޮމޭޓްކޮށް ޑިޖިޓަލްކޮށް ހުރިހާ ކަމެއް ކުރުމަށް: ކޮމިޝަނރ އޮފް ކަސްޓަމްސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

މަސައްކަތް މިކުރަނީ އޮޓޮމޭޓްކޮށް ޑިޖިޓަލްކޮށް ހުރިހާ ކަމެއް ކުރުމަށް ކަމަށް ކޮމިޝަނރ އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވެއްޖެއެވެ.

މާނިއު މިހެންވިދާޅުވީ މޯލްސްޑިވްސް ކަސްޓަމްސް ސަރވިސްއިން ދެމުންގެންދާ ޚިދުމަތް ފުޅާކޮށް ހަރުދަނާ ކުރުމަށް 4 ޚިދުމަތެއް އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވީ ކަސްޓަމްސްގެ ހުރިހާ ޚިދުމަތެއްވެސް ބައްޓަން ކުރަނީ ރައްޔިތުންނަށް އެންމެ ލުއި ފަސޭހަވާނެ ގޮތަށްކަމަށެވެ. އެގޮތުން ކަސްޓަމްސްއިން ދެމުން ގެންދާ ޚިދުމަތްތައް ޑިޖިޓަލް ކުރުމާއި ވީހާވެސް ބޮޑަށް ޕޭޕަރލެސްކޮށް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މާނިއު ވިދާޅުވިއެވެ.

"މިހާރު ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މަސައްކަތް މިކުރަނީ ހުރިހާ ގޮތަކުންވެސް އޮޓޮމޭޓްކޮށް ޑިޖިޓަލްކޮށް ހުރިހާ ކަމެއް ކުރުމަށް. ޕޭޕާރލެސްކޮށް ކުރެވޭނެ ގޮތްވެސް އެބަ ހަދަން. އެގޮތުން ހުރިހާ ކަމެއް ނިންމާނީ އޭއައި ބޭނުންކޮށްގެން" މާނިއު ވިދާޅުވިއެވެ.

މޯލްސްޑިވްސް ކަސްޓަމްސް ސަރވިސްއިން އިފްތިތާހު ކުރި ޚިދުމަތްތަކުގެ ތެރޭގައި އޮންލައިން ކޭސް ޑިކްލަރޭޝަން، އެޑްވާންސް އީ-އެޖެންސީ ހުއްދަ، ވިޔަފާވެރިންނަށް ތަފާސްހިސާބު އޮންލައިންކުރުމާއި ކުރިއަރ ކާގޯ މެނޭޖްމަންޓް ސިސްޓަމް ޚިދުމަތް ހިމެނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު