އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަފްސާނީ ބަލިމީހުންނަށް އެހީ ފޯރުކޮށްދިނުމަށް "1677" ޤައުމީ ހެލްޕް ލައިން އިފްތިތާޙްކޮށްފި

ނަފްސާނީ ބަލިމީހުންނަށް އެހީ ފޯރުކޮށްދިނުމަށް "1677" ޤައުމީ ހެލްޕް ލައިން އިފްތިތާޙްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 45 ސިކުންތު

ނަފްސާނީ ބަލިމީހުންނަށް އެހީ ފޯރުކޮށްދިނުމަށް ޤައުމީ ހެލްޕް ލައިން އިފްތިތާޙްކޮށްފިއެވެ.

މިކަމާގުޅިގެން ޞިއްޙަތާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި މިހެލްޕް ލައިން އިފްތިތާޙްކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް ފުރަތަމަ އެހީ ހޯދުމަށް ގުޅޭނެ ޤައުމީ ނަންބަރަކީ 1677އެވެ.

މިރަސްމިއްޔާތުގައި ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ކޮންމެ މީހަކަށްވެސް ހެލްޕް ލައިންގެ ޒަރިއްޔާއިން ޚިދުމަތް ހޯދޭނެކަމަށާއި އަމާޒަކަށް ވާނީ ފޯން ލައިނަކީ މައްސަލަ ދިމާވެފައިވާ މީހުންގެ އެންމެ ގާތް އެކުވެރިޔާއަށް ހެދުންކަމަށެވެ.

ނަފްސާނީ އިޖުތިމާޢީ އެހީތެރިކަމުގެ ޤައުމީ ހެލްޕް ލައިނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމަނާފައިވާކަމެކެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު