އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބީއެމްއެލްގެ ފަރާތުން އިތުރު ދެ ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ގެ ޚިދުމަތް ފަށައިފި

ބީއެމްއެލްގެ ފަރާތުން އިތުރު ދެ ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ގެ ޚިދުމަތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ފަރާތުން އިތުރު ދެ ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ގެ ޚިދުމަތް ފަށައިފިއެވެ.

ބީއެމްއެލްގެ ފަރާތުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން އަލަށް މި ޚިދުމަތް ފަށާފައި ވަނީ ކ. ގުޅީގަ އާއި އަދި ވ. ކެޔޮދޫގައެވެ.

ބީއެމްއެލްގެ ބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި މިއަދު މި ދެރަށުގައި މި ޤާއިމު ކުރެވުނު އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތްވެސް ލިބިގެން ދާނެއެވެ.

ބީއެމްއެލްގެ ފަރާތުން ބައެއް ރަށްރަށުގައި މިގޮތަށް އޭޓީއެމްތައް ބަހައްޓަމުން ދާއިރު ރާއްޖެގެ ވަރަށް ގިނަރަށެއްގައި ވަނީ ބޭންކު އެޖެންޓުން ހަމަޖައްސާފައެވެ.

އެގޮތުން މިހާރުވެސް ރާއްޖޭގެ ޖުމުލަ 20 އަތޮޅުގައި 38 ބްރާންޗާއި، 83 ސެލްފް ސާވިސް ސެންޓަރާއި، 138 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ބީއެމްއެލްއިން ގެންގުޅެމުންދާ ކަމަށް ބީއެމްއެލްއިން ހާމަކުރައްވައެވެ.

ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ފައިސާގެ މުއާމަލާތްތައް ކުރަމުން ގެންދާ ބޭންކުކަމަށް ވާއިރު އެ ބޭންކުގެ އަމާޒަކީ އެންމެ ޒަމާނީ އޮންލައިން ޚިދުމަތްތަކާއި އެކު އެބޭންކުގެ ޚިދުމަތްތައް މުޅިރާއްޖެއަށް އިތުރަށް ފުޅާކުރުން ކަމަށްވެސް އެ ބޭންކުން ހާމަކުރައްވައެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުގެ ތެރޭގައިވެސް ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމަށްޓަކައި ބީއެމްއެލްއިން ދޭ ޚިދުމަތްތައް އިތުރަށް ރަނގަޅުކޮށް ހަރުދަނާކުރުން ހިމެނެއެވެ.  

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު