އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާންމަހު ފަހު ދިހައި ގައި ބޭންކުގެ ހިދުމަތްދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލުގެނެސްފި

ރަމަޟާންމަހު ފަހު ދިހައި ގައި ބޭންކުގެ ހިދުމަތްދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލުގެނެސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

ރަމަޟާންމަހު ފަހު ދިހައި ގައި ބޭންކުގެ ހިދުމަތްދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލުގެނެސްފިއެވެ.

މިކަމާގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ބުނެފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން އަންގަވާފައިވާގޮތަށް، ރަމަޟާންމަހުގެ ފަހު ދިހައިގައި ހިދުމަތް ދިނުމަށް ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވާފައި ހުންނާނީ 31 މާރިޗު، 1 އެޕްރީލް، 7 އެޕްރީލް އަދި 8 އެޕްރީލް ގައި ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށާއި 2 އެޕްރީލް އިން 4 އެޕްރީލް އަދި 9 އެޕްރީލް ގައި ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށެވެ.

ރަމަޟާން މަހު ފަހު ދިހައިގައި ހިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ގޮތުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު