އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާންމަހު ފަހު ދިހައި ގައި ބީއެމްއެލް އިން ޚިދުމަތްދޭނީ 10 އިން 12 އަށް

ރަމަޟާންމަހު ފަހު ދިހައި ގައި ބީއެމްއެލް އިން ޚިދުމަތްދޭނީ 10 އިން 12 އަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

ބޭންކް އޮފް މޯލްޑިވްސް އިން ރަމަޟާންމަހުގެ ފަހު ދިހައިގައި ހިދުމަތް ދިނުމަށް ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށް އެބޭންކުން ބުނެފިއެވެ.

ފަހު ދިހައިގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށާއި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައްވެސް ލިބިގެންދާނެއިރު ބޭންކުގެ ކޮންޓެކްޓް ސެންޓަރގެ އެކި ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ދެމުންދާނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.

ރަމަޟާން މަހު ފަހު ދިހައިގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން (ޓީޓީ) ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން، ޕޭ ރޯލް އަދި ބަލްކް ޓްރާންސްފަރސް، ލޯކަލް ޓްރާންސްފަރ އެންޑް ޕޭމަންޓްސް ހެދުން ހަމަޖެހިފައިވަނީ ހެނދުނު 10:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރާ ޗެކްތައް އެދުވަހު ޕްރޮސެސް ކުރުމަށެވެ. 

ކަސްޓަމަރުންގެ ކިބައިން ބީއެމްއެލް އިން އެދިފައިވަނީ މިދުވަސްތަކުގައި އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިންގ ހިދުމަތްތައް ހޯއްދެވުމެވެ.  

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ