އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެފައިވެސް ބުރިކޮށްލަން ޖެހިދާނެ ކަމުގެ ބިރު އޮތް ޙަލީމާއަށް އަންނަނީ ޝިފާލިބެމުން- އިން ޝާ ﷲ. އަދިވެސް ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އެދި ކުރާ އާދޭސް!

ދެފައިވެސް ބުރިކޮށްލަން ޖެހިދާނެ ކަމުގެ ބިރު އޮތް ޙަލީމާއަށް އަންނަނީ ޝިފާލިބެމުން- އިން ޝާ ﷲ. އަދިވެސް ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އެދި ކުރާ އާދޭސް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 54 ސިކުންތު

އަޅުގަނޑުގެ އަނބިމީހާ، ހަލީމާ ޙުސައިން (ފިލްޓަރުގެ، ޅ. ހިންނަވަރު) އިންޑިއާއަށް ގެނެވުނީ 2 ފައިންވެސް ލޭނުހިނގާތީ މައްސލަތައް ކުރިމަތިވެ 2 ފައިވެސް ބުރިކޮށްލަން ޖެހިދާނެ ކަމުގެ ބިރު އޮތުމުން ޑޮކްޓަރުންގެ ލަފާގެމަތީންނެވެ. 

މިހައި ތަނަށ ކުރިމަސައްކަތުން އުންމީދުތަކެއް ވަނީ ލިބިފައެވެ. އެއްފައިން އިންގިއްޔަކާއިއެކު ބޮޑު ސަރަޙައްދެއް ނެގުމުން ފައި އެކުގައި ބުރިކޮށް ނުލައި ސަލާމަތްވެދާނެ ކަމުގެ އުންމީދު ޑޮކްޓަރުން އަންނަނީ ދެމުންނެވެ. 

ނަމަވެސް ޙާލުހުރި ގޮތުން އަދިވެސް 2،3 މަސް ދުވަހު އިންޑިޢާގައި ތިބެންޖެހިދާނެ ކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ. އާސަންދަ ލިބެއެވެ. ނަމަވެސް ހޮސްޕިޓަލްގެ ޚަރަދުތައް ފިޔަވައި ތިބުމާއި ދެންވެސް ކުރަންޖެހޭ ޚަރަދުތައް ކުރަންޖެހެނީ އަމިއްލައަށް ކަމަށްވުމުން އަތްމަތި މިހާރުވަނީ އެކުގައިހެން ހުސްވެފައެވެ. 

އަޅުގަނޑުގެ އަނބިމީހާގެ ކިޑްނީ ބަދަލުކުރަންވެސް ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަން ލިބުނެވެ. އަދި މިހާލުގައި މިހާރުވެސް މިތިބެވެނީ ތިއަބޭފުޅުން ފޯރުކޮށްދެއްވެވި ދީލަތި އެހީތެރިކަމުންނެވެ. 

އަޅުގަނޑަކީ ޕީއެސްއެމްގައި ވަޒީފާ އަދާކުރަމުން އައި މުވައްޒިފަކީމެވެ. އަޅުގަނޑުގެ އަނބިމީހާއަށް އަޅުގަނޑުގެ ކިޑްނީ ހަދިޔާކުރިފަހުން އަދި ދިރިއުޅެން މަސައްކަތެއް ކުރުމުގެ ފުރުޞަތެއް ނުލިބެއެވެ. އަބަދުހެން ހުންނަން މިޖެހެނީ އަނބިމީހާގެ ގާތުގައެވެ. 

ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އެދި އާދޭސްމިކުރަނީ އެހެން އެއްވެސް ގޮތެއް ނެތުމުންނެވެ. ކުރިންވެސް ފަދައިން އަޅުގަނޑުގެ އަނބިމީހާ، ހަލީމާ ޙުސައިން ގެ ބޭސްފަރުވާއަށް އެބޭފުޅަކަށް ވެދެއްވެން އޮތް މިންވަރަކުން އެހީތެރިވެދެއްވުން އެދި އާދޭސް މިދަންނަވަނީ މިކަމުގައި އެހެން އެއްވެސް ގޮތެއް ނެތުމުންނެވެ. މާތް ﷲ ތިއަ ބޭފުޅުންގެ ދިލަތިކަމަށް ހެޔޮ ރަޙްމަތް ލައްވަވާށި! އާމީން 

މިކަމުގައި ކުރިން އަޅުގަނޑުމެން އާދޭސް ދެންނެވި 2 ލިޔުން މިހިމަނައިލަނީ ހަމަ ތިއަބޭފުޅުންގެ މަޢު\ލޫމާތަށްޓަކައެވެ. އަޅުގަނޑުމެންގެ ޙާލަތު ބަޔާންކޮށްދިނުމުގެ ގޮތުންނެވެ.  

- އާދަމް އިބްރާހީމްކޮއި (ފިރިމީހާ)

 

ކުރީގެ 2 ލިޔުމާ، އެކައުންޓްނަމްބަރާ ގުޅޭނެ ނަމްބަރު: 

ޢަބްދުއްލަޠީފް  

އަޅުގަނޑުގެ އަނބިމީހާ، ހަލީމާ ޙުސައިން އަކީ 2 ފައި ބގުރިކޮށްލަން ޖެހޭކަމަށް ޑޮކްޓަރުން ނިންމުމުން އިންޑިއާއަށް އައިސް ފަރުވާ ހޯދަމުން އަންނަ އަންހެނެކެވެ. ޑޮކްޓަރުން މިހާރު ވަނީ އެއްފައިގެ ބޮޑުވާއިނގިލި ބޮޑުސަރަޙައްދަކާއިއެކު ބުރިކޮށްލައި ނަގައިފައެވެ. ފައިގެ މަސްތަކަށް ލޭ ދައުރުނުކުރުމުން ބޮޑުބައެއް ވަނީ މަރުވެފައެވެ. ފޮޓޯގައި ކަޅުކޮށް އެފެންނަނީ މަރުވެފައިވާ މަސްތަކެވެ. 

ޑޮކްޓަރުން އުންމީދުކުރަނީ އިތުރުފަރުވާ ދެވިއްޖެނަމަ މުޅި ފައި ބުރިކޮށްނުލައި ސަލާމަތްކުރެވިދާނެކަމަށެވެ. އަދި ދެފައިވެސް އެޙާލަތުގައި ހުރިނަމަވެސް ދެފައި ބުރިކޮށްލުމަކީ އެންމެފަހުން ކުރާނެ ކަންތައް ކަމަށެވެ. 

ޑޮކްޓަރުން މިހައިތަނަށް ބުނާގޮތުން އަދިވެސް އިތުރު 3 މަސް ދުވަހު ފަރުވާއަށް ހޮސްޕިޓަލުގައި އޮންނަން ޖެހޭނެއެވެ. ހޮސްޕިޓަލުގެ ޚަރަދުތައް އާސަންދައިން ލިބުނު ނަމަވެސް އެހެން ޚަރަދުތައް ކުރަންޖެހެނީ އަމިއްލައަށް ކަމަށްވުމުން އުޅެންޖެހިފައިވަނީ ވަރަށް ދަތި ޙާލުގައެވެ. ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމުން ކުރިން ދެއްވި ފައިސާކޮޅު މިހާރުވަނީ ހުސްވެފައެވެ. 

އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުގެ އަނބިމީހާއަކީ ހަމަ ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމާއިއެކު ކިޑްނީވެސް ބަދަލުކޮށްފައިވާ އަންހެނެކެވެ. ކިޑްނީގެ ފަންކްޝަން މާތް ﷲ ވާގިފުޅާއިއެކު ރަނގަޅެވެ. މިހާލަތުގައި ކުރިމަތިވެފައި މިވަނީ ހަމައެހައި ބޮޑު މައްސަލައެކެވެ. ދެފައިވެސް ބުރިކޮށްލަން ޖެހިދާނެކަމުގެ މައްސަލައެކެވެ. އެހެންކަމުން މިޙާލަތުގައި މިޙާލަތުން ސަލާމަތްވުމަށް މާތް ﷲ ގެ ވާގިފުޅާއިއެކު ކުރަމުން މިގެންދާ މަސައްކަތަށް ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އެދި ކުރާ އާދޭސް ތަކުރާރުކުރަން ލަދުވެތިވަމެވެ. ނަމަވެސް އެހެން އެއްވެސް ގޮތެއް ނެތުމުން ދީލަތި އެހީތެރިކަމަށް އެދި އާދޭސްކުރަމެވެ.

- އާދަމް އިބްރާހީމްކޮއި (ފިރިމީހާ)

 

އަޅުގަނޑު، ޙަލީމާ ޙުސައިން، (ފިލްޓަރުގެ، ޅ. ހިންނަވަރު) ގެ ކިޑްނީ ފޭލްވެގެން ބަދަލުކުރަންޖެހުމުން މީގެ 2 އަހަރުވަރުކުރިން ހެޔޮއެދޭ ފަރާތްތަކުން އަޅުގަނޑަށް ފޯރުކޮށްދެއްވި ދީލަތި އެހީތެރިކަމަށްޓަކައި އަބަދުވެސް އެންމެބޭފުޅުންނަށް ޝުކުރުދަންނަވައި ހެޔޮދުޢާކުރާ ޙާލު އަނެއްކާވެސް މިވަނީ އަދި މާބޮޑުކަމެއްގައި ތިއަ އެންމެ ބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އެދި ޢާޑޭސްދަންނަވަން ޖެހިފައެވެ. 

އަޅުގަނޑަކީ ހަކުރުބައްޔަށްވެސް ބޭސްކުރަމުން އައި ބަލިމީހަކީމެވެ. ހުރިހާ ބަލިތަކެއް ގުޅި ލާމެހުމުން އަޅުގަނޑުގެ ދެފައިން ލޭ ދައުރެއް ނުކުރެއެވެ. ޑޮކްޓަރުން ބުނަނީ ޖެހޭނީ ދެފައިވެސް ބުރިކޮށްލަން ކަމަށާއި ވީހާއަވަހަކަށް ފަރުވާ ހޯދުމަށެވެ

އަޅުގަނޑަށް ވަނީ އާސަންދަ ލިބިފައެވެ. އާސަންދަ ލިބުނު ނަމަވެސް ހޮސްޕިޓަލުގެ ބިލްފިޔަވައި އެހެނިހެން ހުރިހާ ޚަރަދުތަކެއް ކުރަންޖެހެނީ އަތުންނެވެ. އަދި ދެފައި އެކުގައި ބުރިކޮށްލަން ޖެހުމުން ބޭސްފަރުވާއަށް ހޭދަކުރަންޖެހޭނެ މުއްދަތެއް ލަފާކުރަންވެސް ނުއެނގެއެވެ. 

ވީމާ ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް މިއެދެނީ އެހެން އެއްވެސް މަގެއް ފެންނަން ނެތުމުންނެވެ. ވީމާ އެހީތެރިވެދެއްވެން އޮތް މިންވަރަކުން އަޅުގަނޑަށް އެހީތެރިވެދެއްވުން އެދި އާދޭސް ދަންނަވަމެވެ. 

އަދި މިފުރުޞަތުގައި އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މާތް ﷲ ގެ ވާގިފުޅުން ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމާއިއެކު އަޅުގަނޑަށް ކިޑްނީ ބަދަލުކުރެވުނީ އަޅުގަނޑުގެ ފިރިމީހާ (އާދަމަ އިބްރާހީމްކޮއި) އޭނާގެ ކިޑްނީ އަޅުގަނޑަށް ހަދިޔާކުރީތީއެވެ. އަޅުގަނޑަށް ލައްވާފައި މިވަނީ ފިރިމީހާގެ އެއްކިޑްނީއެވެ. 

- ޙަލީމާ ޙުސައިން، (ފިލްޓަރުގެ، ޅ. ހިންނަވަރު)

 

އިތުރު މަޢުލޫމާތު: އާދަމް އިބްރާހީމްކޮއި (ފިރިމީހާ)

ފޯން: 7727867

އެހީތެރިވެދެއްވުމަށް:

7704278069101 އާދަމް އިބްރާހީމްކޮއި

7730000416214 ޑޮލަރު އެކައުންޓް ނަންބަރު

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް