އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 38 ސިކުންތު
އެމްޑީޕީގެ ވެރިކަމުގެ 5 އަހަރު ނިމިގެންދިއައިރުވެސް ބޮޑުނުކުރި މުސާރަތަކެއް ވެރިކަން ނިމުމުން މިހާރުގެ ވެރިކަމަށް ތަކްލީފަކަށްވާގޮތަށް، އަދި މަޖިލީހުގެ ދައުރުނިމެން މިހައި ގާތްވެފައި ވަނިކޮށް ބޮޑުކުރުމަކީ ކޮށްގެން ތިބި ހުވައާ އެއްގޮތަށް ކުރި ކަމެއްތޯ؟ މިއީ އިޚްލާޞްތެރި ކޮންމެ ރައްޔިތެއްގެ ހިތުގައިވެސް އުފެދޭނެ ސުވާލެކެވެ.
ރައްޔިތުން އިންތިޚާބުކުރީމާވެސް، ޢައްޔަނުކުރީމާވެސް ދައުލަތުގެ އިސްމަޤާމުތަކާއި އަދި ޒިންމާދާރު މަޤާމްތަކާއިވެސް ޙަވާލުވަނީ ﷲ ތަޢާލާ ގަންދީ ހުވާކުރުމަށްފަހުގައެވެ. އެހުވާގައި އޮންނަނީ ތިމާ ނިޞްބަތްވާ ޕާޓީއަށް ތެދުވެރިވެ އިޚްލާޞްތެރިވާކަށް ނޫނެވެ. ޤާނޫނުތައް މުގުރައި އެކޮޅުކޮޅުން ޖަހާކަށް ނޫނެވެ. ތިމާ ނިޞްބަތްވާ ޕާޓީން އެދޭގޮތަށް ކަންކަން ނިންމާކަށްވެސް ނޫނެވެ.
އިސްލާމް ދީނަށާއި ދިވެހިދައުލަތަށާއި ރައްޔިތުންނަށް ތެދުވެރިވުމަށެވެ.
ސުވާލަކީ ހުވައާ ޚިލާފްވުމަކީ ކައްފާރާދޭންޖެހޭ ކަމަކަށްވާއިރު ﷲ ގަންދީ ހުވާކޮށްފައި ކުރިހުވާގެ މަތީގައި ސާބިތުނުވެ ހުވައާ ޚިލާފްވެއްޖެނަމަ އެމީހެއްގެ މައްޗަށް ދަޢުވާ ނުއުފުލެންވީ ކީއްވެގެން ހެއްޔެވެ؟ ހަމަ ޤައިމުވެސް އިޚްލާޞްތެރިކަމެއް ނެތި މަސްއޫލިއްޔަތު އަދާކުރުމަކީ ޤިޔާމަތް ދުވަހު ޖަވާބުދާރީވާންޖެހޭނެ ކަމެކެވެ. އެކަން ހިތަށްވަންނާނީވެސް ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަން އޮތްނަމައެވެ.
ތިރީގައިވާ ލިޔުން ވިދާޅުވލައްވާށެވެ!
ﷲ ތަޢާލާ ގަންދީ ހުވާކުރުމަކީ ވަރަށް ބޮޑު ކަމެއް ކަމަށާއި އަދި ހުވައާއި ޚިލާފުވުމަކީ ކައްފާރާ ދޭންޖެހޭ ވަރުގެ ބޮޑުކަމެއް ކަމެއް ކަމަށްވާއިރު އެކަމަށް ބިރުވެތިވުމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އިލްތިމާސް ކުރައްވައިފިއެވެ.
ޑރ. އިޔާޟް ވިދާޅުވީ އެއީ މިހައި ބޮޑުކަމެއް ނަމަވެސް ބައެއް ބޭފުޅުންގެ ނަޒަރުގައި އެއީ ޤާނޫނީ ގޮތުން ކޮށްލައްވާ ކަމެކެވެ. ހުވާކުރާއިރުވެސް އަދި އެއިގެފަހުންވެސް ހުވައާއި ޚިލާފްވާން ޖެހިލުމެއްވެސް ނުވާ ކަމަށާއި އެކަމަށްޓަކައި ހިތާމަ ކުރައްވާ ކަމަށެވެ.
"ﷲ ތަޢާލާ ގަންދީ ހުވާކުރުމަކީ ވަރަށް ބޮޑު ކަމެކެވެ. ހުވައާއި ޚިލާފުވުމަކީ ކައްފާރާ ދޭންޖެހޭ ވަރުގެ ބޮޑުކަމެކެވެ. ނަމަވެސް ހިތާމައަކީ ބައެއް ބޭފުޅުންގެ ނަޒަރުގައި އެއީ ޤާނޫނީ ގޮތުން ކޮށްލައްވާ ކަމެކެވެ. ހުވާކުރާއިރުވެސް އަދި އެއިގެފަހުންވެސް ހުވައާއި ޚިލާފްވާން ޖެހިލުމެއްވެސް ނުވެއެވެ. މިއީ ވަރަށް ހިތާމަހުރިނ ކަމެކެވެ."
– ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
29 ފެބްރުއަރީ 2024