އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަވީރު ނޫހަކީ ޑރ. ޒާހިރު ހުސެއިންގެ މިލްކެއް: ސުޕްރީމް ކޯޓު

ހަވީރު ނޫހަކީ ޑރ. ޒާހިރު ހުސެއިންގެ މިލްކެއް: ސުޕްރީމް ކޯޓު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު

ރާއްޖޭގައި އެންމެ ދުވަސްވަންދެން ހިންގަމުން އައި ދުވަހު ނޫސް ހަވީރަކީ ހަވީރު ނިއުސް އެޖެންސީގެ ހައްގެއް ކަމަށް ހައިކޯޓުން ކުރި ހުކުމް ބާތިލުކޮށް، ހަވީރު ނޫހަކީ ޑރ. މުހައްމަދު ޒާހިރު ހުސައިންގެ މިލްކެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ހަވީރު ނޫހުގެ މިލްކުވެރިކަމާ ގުޅޭގޮތުން އެންމެ ފުރަތަމަ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ހަވީރު ނިއުސް އެޖެންސީގެ ހިއްސާދާރުން ކަމަށްވާ އިބްރާހިމް ރަޝީދު މުސާ އާއި ޢަބްދުﷲ ފާރޫގު ހަސަން އަދި މުޙައްމަދު ނައީމެވެ. އެ ތިން ބޭފުޅުން ދައުވާކުރީ ހަވީނު ނޫސް އެޖެންސީގެ އާމްދަނީން އެބޭފުޅުންނަށް ލިބެންޖެހޭ މިންވަރު ހޯދުމަށާއި އަދި އެ ނޫސް ހިންގުމުގައި އެބޭފުޅުންނަށް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށެވެ.

އެ ދެ ބޭފުޅުން އެދުނު ގޮތަށް ސިވިލް ކޯޓުން ހުކުމް ކުރުމުން, ހަވީރު ނޫސް ނެރުން ހުއްޓާލިއެވެ. އަދި ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރީ ހަވީރު ނޫހުގެ މަސްއޫލުވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސެއިނެވެ.

ދައުވާގައި ހިމަނާފައިވާ ކަންތައްތަ ނޫން އެހެން ކަންތައްތަކެއްގެ މައްޗަށް ހުކުމް ކޮށްފައިވާތީ، ހަވީރު ނޫހުގެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ. އެ ހުކުމް ވެސް ޑރ. ޒާހިރުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރިއެވެ.

ސުޕްރީމް ކޯޓުން އޭރު ނިންމީ އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހުއްދަ ދޭން ނުޖެހޭ ކަމަށެވެ. އެކަމަށް ޗެލެންޖުކުރައްވައި ސުޕްރީމް ކޯޓުގެ ނިންމުން ރިވިއުކޮށްދިނުމަށް ވެސް ޑރ. ޒާހިރުގެ ފަރާތުން ހުށަހެޅިއެވެ.

އެ މައްސަލައިގައި 2022 ވަނަ އަހަރުގެ 13 ވަނަ ދުވަހު  ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ ހަވީރު ނޫހުގެ މައްސަލަ އަލުން އިސްތިއުނާފް ކުރުމުގެ ހުއްދަ ދިނުމަށެވެ. ތިން ފަނޑިޔާރުން ވެސް ވަނީ އެކަމަށް އިއްތިފާގުވެވަޑައިގަނެފައެވެ.

އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާނުގެ އިތުރުން ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

ހަވީރު ނޫސް އެޖެންސީއަކީ ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އަމިއްލަ އަށް ހިއްސާވާ އެޖެންސީއެއް ނޫން ކަމަށާއި ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުގެއާގެ އިބްރާހިމް ރަޝީދުގެ ހިއްސާ ވެސް ވާތަނެއް ކަމަށް ހައި ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުގައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ