އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނަސްގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވުނު މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި

އަނަސްގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވުނު މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 32 ސިކުންތު

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގެ ދައުވާ ސާބިތުނުވުން ދޫކޮށްލި މީހަކު މަސްތުވާތާކެތީގެ މައްސަލައެއްގައި އަނެއްކާވެސް ހައްޔަރު ކޮށްފިއެވެ.

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަ ކުރައްވާފައެވެ.

ނަވީން ވިދާޅުވީ ރޭ ހިންގި އޮޕަރޭޝަނެއްގައި ލޯންޗެއް ބަލާ ފާސްކޮށް މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ބަނގުރަލާއެކު ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި އަނަސްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާ ކުށް ސާބިތުނުވުމުގެ ސަބަބުން ދޫކޮށްލާފައިވާ ފަރާތެއް ހިމެނޭ ކަމަށެވެ.

މިއީ ރޭ ހިންގި އޮޕަރޭޝަންއެއް ކަމަށާއި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާތީ ނަވީން އިތުރު ތަފްސީލް ދެއްވާފައެއް ނުވެއެވެ. ނަމަވެސް ނަވީން ވަނީ މި މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޖުލައި 31، 2017 ގައި މަރާލާފައިވާ އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. އަދި އެ މައްސަލައިގެ ލިޔެކިޔުންތައް ކްރިމިނަލް ކޯޓުން ލިބުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީގާ ގުޅިގެން މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ނަވީން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ހަތް މީހަކަށާއި ކުޑަކުއްޖަކަށެވެ. ދައުވާ ކޮށްފައިވާ 7 މީހުންނަކީ ލ. ގަން/ނަންނާރިގެ ޖުނައިހު އަބްދުﷲ، ސ. ފޭދޫ/ ވެސްޓަންވިލާ ހަސަން މަހްފޫޒް، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ، ޅ. ކުރެންދޫ/ އަސަރުމާގެ އަހުމަދު ޒަޔާން، މ. ދިމިޝްގު އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާންގެ އިތުރުން ތ. ކިނބިދޫ/ ގުލްފާމްގެ މުހައްމަދު ސާޒްއެވެ.

އަނަސްގެ މަރުގެ މައްސަލާގައި ސާޒު، ޖުނައިދު، މަހްފޫޒު އަދި ސިމާހުގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައި ވާއިރު، ޒަޔާން، އަފްރާހު އަދި އުސްމާންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

އެ މައްސަލާގައި ދައުވާ އުފުލި ކުއްޖާއަށް މިހާރު 18 އަހަރުވެފައިވީ ނަމަވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮންނަ ގޮތުން 18 އަހަރު ނުވަނިސް ކުރި ކުށެއްގެ މައްސަލަ ކުރިއަށް ގެންދާނީ ހަމައެފަދައިން ކަމަށެވެ. މި މައްސަލާގައި އަނަސްގެ ހުރިހާ ވާރިސުން ހައިކޯޓުގައި މަރަށް މަރު ހިފުމަށް އެދުނު ނަމަވެސް ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުރާ ކުށަކަށް މަރުގެ އަދަބެއް ނުދެވެއެވެ.

އެ ކުޑަކުއްޖާގެ އަދަބު ލުއިކޮށްދެއްވާފައިވާއިރު އޭނާގެ މައްޗަށް ހައިކޯޓުގެ ފަނޑިޔާރުގެ އިއްތިފާގުން 18 އަހަރާއި 9 މަހަށް ޖަލު ހުކުމެއް އިއްވާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އެހެންނަމަވެސް މިދިޔަ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރުގެ ދަށުން އޭނާގެ އަދަބު 10 އަހަރަށް ލުއިކޮށްދީފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު