އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެމްބަރު ލަތީފުގެ އެއްލައްކަ ކަޕްގެ ފުރަތަމަ މެޗުގައި ޔަންގ ސްޓާރ އާއި އެފްސީ އައްސޭރި ބައްދަލުކުރަން ޖެހިއްޖެ

މެމްބަރު ލަތީފުގެ އެއްލައްކަ ކަޕްގެ ފުރަތަމަ މެޗުގައި ޔަންގ ސްޓާރ އާއި އެފްސީ އައްސޭރި ބައްދަލުކުރަން ޖެހިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 27 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ ހއ. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ދިއްދޫގައި ބާއްވަމުން އަންނަ އެއްލައްކަ ކަޕްގެ ފުރަތަމަ މެޗުގައި ޔަންގ ސްޓާރ ސްޕޯޓްސް ކްލަބާއި ދިއްދޫ އެފްސީ އައްސޭރި ބައްދަލުކުރަން ޖެހިއްޖެއެވެ.

 

މިގޮތަށް ހަމަޖެހުނީ ބްރާސްފަތި ދުވަހުގެ ރޭ ބޭއްވި ގުރުއަތުލުމުންނެވެ.

 

މާލެ ފިޔަވާ ރާއްޖޭގެ ރަށެއްގައި ކުރިޔަށްދާ އެންމެ އަގުބޮޑު އެއްފުޓްބޯޅަ މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތުގައި ޓީމުތަކުގެ އޮފިޝަލުންނާއި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުލް ލަތީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

 

މި ރަސްމިއްޔާތުގައި މުބާރާތުގައި ވާދަކުރާ 7 ޓީމުގެ ގުރު ނަގައިދިނީ ދިވެހި ޤައުމީ އަންހެން ޓީމުގެ ކުޅުންތެރިންނެވެ.

 

ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކުރާ ގޮތައް ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ދިއްދޫ ޓީނޭޖް ބޯއީސް އާއި ދިއްދޫ ނާޑް ސްޕޯޓްސް ކުލަބެވެ. އަދި ދެވަނަ ދުވަހުގެ ހެނދުނު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ދިއްދޫ ހީވެސް ނުވޭ ސްޕޯޓްސް ކުލަބާއި ދިއްދޫބްލެކް ޒީނޯ ފުޓްބޯޅަ ކުލަބެވެ.

 

ދިއްދޫގައި ފުޓްބޯޅަ ދަނޑުގައި ޑިސެމްބަރު މަހުގެ 1 އިން 15 ގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގެ ދެވަނަ ދުވަހުގެ ހަވީރު ބައްދަލު ކުރާނީ ދިއްދޫ ރިޔަލްޓީ ސްޕޯޓްސް އާއި ދިއްދޫ ޔަންގް ސްޓާރ އެވެ.

 

މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށްވެސް ޖާރޒީ ކިޓެއް މެމްބަރު ލަތީފް ވަނީ ހަދިޔާކުރައްވާފައެވެ.

 

މިއީ ރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުޞަތު ހޯދައިދީ ލިބޭ ހުސްވަގުތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭނެ ގޮތުގެ މަގު ތަނަވަސްކޮށްދިނުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ.

 

އެއްވަނައަށްދާ ޓީމަކަށް އެއްލައްކަ ރުފިޔާ ލިބޭ މިމުބާރާތް މީގެކުރިން ވަނީ 4 ފަހަރު ބާއްވާފައެވެ. އަދި ބްލެކްޒީނޯ ވަނީ މިމުބާރާތް ތިން ފަހަރަށްކާމިޔާބު ކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް