އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިދިޔަ 2 މަހު މާލެއިން 450 އެކްސިޑެންޓް, ހުޅުމާޅެ އިން 150 އެކްސިޑެންޓް!

މިދިޔަ 2 މަހު މާލެއިން 450 އެކްސިޑެންޓް, ހުޅުމާޅެ އިން 150 އެކްސިޑެންޓް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

މިދިޔަ 2 މަހު މާލެއިން 450 އެކްސިޑެންޓް، އަދި ހުޅުމާޅެ އިން 150 އެކްސިޑެންޓްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލޭ އޭރިއާ 1ގެ ވިންގް ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ މިދިޔަ 2 މަސް ދުވަހުގެ ތެރޭ މާލެއިން އެކްސިޑެންޓުވެގެން 450 މައްސަލަ ހުށައަޅާފައިވާ ކަމަށާއި ހުޅުލެ ހިމެނޭހެން އެކްސިޑެންޓްގެ ގާތްގަނޑަކަށް 150 މައްސަލަ ހުށައަޅާފައިވާ ކަމަށެވެ.

ސަމީރު ވިދާޅުވީ އެކްސިޑެންޓް މައްސަލަތަކުގައި ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފާހަގަކޮށް މިއަދާ ހަމައަށް 52 އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި ކޮންމެ އުޅަނދަކީ 30 ދުވަހަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓިފައިވާ އުޅަނދުތަކެއް ކަމަށް ސަމީރު ވިދާޅުވިއެވެ. އަދި އޭގެ ތެރޭގައި ސައިކަލުގެ ސައިލެންސަރު "އަޑުގަދަވާ ގޮތަށް މޮޑިފައި" ކޮށްފައިވާ އުޅަނދުތައް ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމުގެ ގޮތުން ކުރަން ރާވާފައިވާ ކަންކަމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ އެކްސިޑެންޓްތައް ޢާންމުކޮށް ހިނގާ ބައެއް ޕޮއިންޓުތަކުގައި ރޯޑް ޑިވައިޑަރ ޖެހުމާއި ޓްރެފިކް ކޮންޓްރޯލްކުރުމަށްޓަކައި ރައުންޑްބައުޓް ބެހެއްޓުމާއި ސްޕީޑް ބްރޭކަރުތައް ބެހެއްޓުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު