އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

5 ދުވަހުގެ ތެރޭގައި އެންމެ ނާޒުކު ހާލާތުގައި މިވަގުތު ހުރި 6 ރަށަކަށް ބޭނުން ޖެނެރޭޓަރުތައް ފޯރުކޮށްދޭނަން: މުޢާޒް

5 ދުވަހުގެ ތެރޭގައި އެންމެ ނާޒުކު ހާލާތުގައި މިވަގުތު ހުރި 6 ރަށަކަށް ބޭނުން ޖެނެރޭޓަރުތައް ފޯރުކޮށްދޭނަން: މުޢާޒް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ކުރިއަށް އޮތް ހަތަރެއް ނުވަތަ ފަސް ދުވަހުގެ ތެރޭގައި އެންމެ ނާޒުކު ހާލާތުގައި މިވަގުތު ހުރި 6 ރަށަކަށް ބޭނުން ޖެނެރޭޓަރުތައް ފޯރުކޮށްދޭނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުޢާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން މީސްމީޑިއާއަށް ހިއްސާ ކުރެއްވި ޕޯސްޓެއްގައި މުޢާޒް ވިދާޅުވީ އެންމެ ނާޒުކު ހާލާތުގައި މިވަގުތު ހުރި 6 ރަށަކަށް ބޭނުން ޖެނެރޭޓަރުތައް މިހާރު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ކުރިއަށް އޮތް ހަތަރެއް ނުވަތަ ފަސް ދުވަހުގެ ތެރޭގައި އެ ހުރިހާ ރަށަކަށް ޖެނޭޓަރުތައް ފޯރުކޮށްދީ، އިންސްޓޯލްކޮށް ނިމޭނެ ކަމަށް ލަފާ ކުރޭވޭ ކަމަށެވެ.

މީގެ އިތުރުން ގދ. ހޯޑެއްދޫއަށް ބޭނުންވާ 400 ކިލޯވޯޓުގެ ޖެނެރޭޓަރު މިހާރު ހޯދާ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ވައިކަރަދޫއަށް ބޭނުން 250 ކިލޯ ވޯޓުގެ ޖެނެރޭޓަރު މިހާރު ފޮނުވާފައިވާކަމަށްވެސް މުޢާޒް ވިދާޅުވިއެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު