އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިދިޔަ މެނޭޖްމަންޓުން ކުންފުނި ހިންގާފައިވަނީ ފައިދާވާން ޖެހޭ ކުންފުންޏެއްގެ ގޮތުގައި ދެކިގެންނޫން: ފެނަކަ

މިދިޔަ މެނޭޖްމަންޓުން ކުންފުނި ހިންގާފައިވަނީ ފައިދާވާން ޖެހޭ ކުންފުންޏެއްގެ ގޮތުގައި ދެކިގެންނޫން: ފެނަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

މިދިޔަ މެނޭޖްމަންޓުން ކުންފުނި ހިންގާފައިވަނީ ފައިދާވާން ޖެހޭ ކުންފުންޏެއްގެ ގޮތުގައި ދެކިގެންނޫން ކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ފެނަކައިގެ ކަންކަން ހަރުދަނާކުރުމަށް ގެންގުޅުއްވާ ތަޞައްވުރާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއާއި ވާހަކަ ދައްކަވަމުން މުޢާޒް ވިދާޅުވީ މިދިޔަ މެނޭޖްމަންޓުން ކުންފުނި ހިންގާފައިވަނީ ފައިދާވާން ޖެހޭ ކުންފުންޏެއްގެ ގޮތުގައި ދެކިގެންނޫންކަމަށާއި މިއާއެކު އެކުންފުންޏަށް ނުކަތާވަރަށް ގެއްލުމުގައި އެތައް މަޝްރޫޢެއް ހިންގަމުން ދިޔަކަމެށެވެ.

ނަމަވެސް އެ ވިސްނުމުގެ ބަދަލުގައި ފެނަކައިގެ އައު މެނޭޖުމަންޓުގެ ވިސްނުންހުރީ ފައިދާވާ ކުންފުންޏަކަށް ކުންފުނި ބަދަލުކުރުމަށެވެ. އެގޮތުން ފައިދާ ނުވާނެ އެއްވެސް މަޝްރޫޢުއެއް ކުރިއަށް ނުގެންދިއުމަށް އެކުންފުނިން ނިންމާފައިވާކަމަށް މެނޭޖިންގ ޑިރެކްޓަރ މުޢާޒް ވިދާޅުވިއެވެ.

މުޢާޒް ވިދާޅުވީ ފެނަކަ އަލުން ކޮޅަށް ޖެހުމަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުންފުނި ދަރަނިވެރިވެފައިވުން ކަމަށެވެ. އަދި ދަރަނި ދެއްކުމަށް ސަރުކާރާ މަޝްވަރާކޮށް ޕްލޭންތަކެއް ހަދަމުންދާކަމަށްވެސް މުޢާޒް ވިދާޅުވިއެވެ. މީގެ އިތުރުން މުޢާޒް ވިދާޅުވީ ކުރިއަށް އޮތް 5 އަހަރު ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ބިޒްނަސް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު