އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިދިޔަ ސަރުކާރުގައި ފެނަކަ ކޯރޕަރޭޝަނުން ހިންގާފައިވާ 25 މަޝްރޫޢުއެއްގެ މައްސަލަ އޭ.ސީ.ސީއަށް ހުށަހަޅައިފި

މިދިޔަ ސަރުކާރުގައި ފެނަކަ ކޯރޕަރޭޝަނުން ހިންގާފައިވާ 25 މަޝްރޫޢުއެއްގެ މައްސަލަ އޭ.ސީ.ސީއަށް ހުށަހަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

މިދިޔަ ސަރުކާރުގައި ފެނަކަ ކޯރޕަރޭޝަނުން ހިންގާފައިވާ 25 މަޝްރޫޢުއެއްގެ މައްސަލަ އޭ.ސީ.ސީއަށް ހުށަހަޅައިފިއެވެ.

މިކަމާގުޅިގެން އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކުންފުންޏަށް އިންތިހާއަށް ގެއްލުންވާގޮތަށް ބީއޯކިއުއެއް އަދި މާކެޓްގައި މި މަސައްކަތްތައް ކުރެވޭނެ އަގަށް ބެލުމެއްނެތި 25 މަޝްރޫއެއްގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫޢުތަކުގެ ސަބަބުން ފެނަކައަށް އެތަށް މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާއިރު މިއީ ކުންފުނީގެ ކުރީގެ މެނޭޖްމަންޓުން ކުންފުނި މެދުވެރިކޮށް އަމިއްލައަށް ހިންގި 60 މަޝްރޫޢުގެ ތެރެއިން މަޝްރޫޢުތަކެއް ކަމަށް މުޢާޒަ ވިދާޅުވިއެވެ. 

އޭސީސީއަށް ހުށަހެޅި މަޝްރޫޢުތަކުގެ ތެރޭގައި 9 އަތޮޅެއްގެ 25 ރަށެއްގެ މަޝްރޫޢުތައް ހިމެނެއެވެ. މީގެ ތެރޭގައި ތ. އަތޮޅުގެ 5 ރަށެއްގެ މަޝްރޫޢު އަދި ގދ. އަތޮޅުގެ 5 ރަށެއްގެ މަޝްރޫޢުތައް ހިމެނެއެވެ. ދެން ހިމެނެނީ ލ. އަތޮޅުގެ 3 ރަށެއްގެ މަޝްރޫޢު ށ، ނ އަދި ހއ. އަތޮޅުން ކޮންމެ އަތޮޅެއްގެ ދެ ރަށެއްގެ މަޝްރޫޢުއެވެ. މީގެ އިތުރުން ގއ. އަދި ހދ. ގެ މަޝްރޫޢެއްގެ މައްސަލަވެސް އޭސީސީއަށް ފޮނުވި މައްސަލަތަކުގެ ތެރޭގައި ހިމެނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު