އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަރިދަފުސް ރޯގާއަށް ދެވިދާނެ ފަރުވާތައް

އަރިދަފުސް ރޯގާއަށް ދެވިދާނެ ފަރުވާތައް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

މިދުވަސްވަރަކީ އެކިކަހަލަ ރޯގާތައް އާންމުވަމުން އަންނަ ދުވަސްވަރެކެވެ. ޑޮކްޓަރީ ބޭސް ބޭނުން ކުރި ނަމަވެސް ޑޮކްޓަރުންވެސް އިރުޝާދު ދޭ ކަންތައް ހުންނާނެއެވެ. ލޮނު އަޅައިގެން ކުޑަހޫނު ކަމެއް ހުންނަ ފެނުގައި ކަރުތެރެ ދޮވުމާއި ދިޔާތަކެތި ގިނައިން ބޭނުން ކުރުން ކަހަލަ ކަންތަކަށް ވެސް ޑޮކްޓަރުން އިރުޝާދު ދޭނެއެވެ.

އެހެންކަމުން ބޮޑަށް ރޯގާގެ މައްސަލަ އުޅޭތީވެ އެންޓިބަޔޮޓިކް ކަހަލަ އެއްޗެއް ކާން ޖެހުމުގެ ކުރިން ރޯގާގެ ކުރީކޮޅު ގޭގައި ދެވިދާނެ ބައެއް ފަރުވާތައް ހިމަނާލާނަމެވެ. މިއީ އާންމު ބަލިތަކުގެ ޑޮކްޓަރުން ވެސް އިރުޝާދުދެއްވާ ކަމެކެވެ.

ގޭގައި ދެވިދާނެ ފަރުވާތަކުގެ ތެރެއިން ކެއްސުމަށް ކަރަންފުލާއި މާމުއި ބޭނުން ކުރުން.

ތަވައެއް ކަހަލަ އެއްޗެއްގައި 5 ވަރަކަށް ކަރަންފޫ ހަނާކޮށްލުމަށްފަހު ހިމުންކޮށް މުގުރާލާށެވެ. އެ ކަރަންފޫކުޑިކޮޅު މޭޒުމަތީ ސަމުސަލުގެ މާމުޔަށް އެއްކޮށްލުމަށްފަހު ބޭނުން ކުރާށެވެ.

ރޭގަނޑާއި ދުވާލު ބޭނުން ކުރުމުން ދާދި އަވަހަށް ރޯގާއިން ސަލާމަތްވާ ކަމަށް ވެއެވެ. ނޫނީ މާގަދައަށް ރޯގާ ދަވަ ކަރުތެރޭގައި ހިފާފައި ހުންނަ ކަމުގައި ވާނަމަ ހަމަ އެގޮތަށް ފުޑުކުރި ކަރަންފުލާއި ކުޑަމާމުއި ފޮދަކާއެކު ބައި ޖޯޑު ފެނުފައި އެއްކޮށް ބުއިމެއްގެ ގޮތަށް ބޭނުން ކޮށްލާށެވެ. ނަތީޖާ ވަގުތުން ފެނުނަސް ނޫނީ ލުޔެއް ލިބުނަސް ހުއްޓާލުން ރަނގަޅެއް ނޫނެވެ.

ރީނދޫ އަދި އެހެން ބައެއް ބާވަތްތައް ބޭނުން ކުރުން.

ދެން މިއޮތީ ރީނދޫގެ ވާހަކައެވެ. ރީނދުލާއި ލޮނު ހޫނު ފެނަން އެއްކޮށްގެން ކަރުތެރެ ދޮވުމަށް ބޭނުން ކުރާށެވެ. ދަވަތައް ފިލައި ކަރުތެރެ ސާފުކޮށް ދޭނެ އެވެ. ރީނދޫކިރު ތަށްޓެއް ބުއިމުން މޭގައި ހުންނަ ރޯގާތައް ފިލުވައިލެވޭނެ ކަމަށް ވެއެވެ. ލުނބޮއާއި މާމުއި ހޫނު ފެންފޮކަށް އެއްކޮށްލައިގެން ބުއިމުން ވެސް ރޯގާއަށް ލުޔެއް ލިބިދެއެވެ. އިނގުރު ސަޔަކީވެސް ގޭގައި ތައްޔާރު ކޮށްލައިގެން ލުނބޯ އަޅައިގެން ބޭނުން ކުރަން ހަމަ އެންމެ ރަނގަޅެވެ.

ގޭގައި ކުރެވޭ މިފަދަ ކަންތައް ކުރުމުން އަރިދަފުސް ރޯގާގެ އަސަރު ލުއިވެގެން ދާނެއެވެ. އަދި ދެ ދުވަހެއް ވަރު ބޭނުން ކޮށްލުމުން އެއްވެސް ކަހަލަ އިންފެކްޝަނެއް ނެތިއްޔާ ރަނގަޅު ވާނެއެވެ. އިންފެކްޝަން ހުރު މީހެއްނަމަ ރަނގަޅު ނުވާނެއެވެ. އެހެންކަމުން އަވަހަށް ސިއްހީ އެހީ ހޯދުމަށް ކަމާބެހޭ ޑޮކްޓާރަކާ މަޝާވްރާ ކޮށްލުން ރަނގަޅެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ