އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގާދޫގައި ތަރައްޤީކުރާ "އިންޓަގްރޭޓަޑް މެރިޓައިމް ހަބް"ގެ ސަރވޭގެ މަސައްކަތް ފަށައިފި

ގާދޫގައި ތަރައްޤީކުރާ "އިންޓަގްރޭޓަޑް މެރިޓައިމް ހަބް"ގެ ސަރވޭގެ މަސައްކަތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

ހައްދުންމަތީ ގާދޫގައި ތަރައްޤީކުރާ "އިންޓަގްރޭޓަޑް މެރިޓައިމް ހަބް"ގެ ސަރވޭގެ މަސައްކަތް ފަށައިފިއެވެ.

މިމަސައްކަތް ޙަވާލުކޮށްފައިވަނީ ޗައިނާގެ ސީ.އޭ.އެމް.ސީ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓަޑް، ސީ.އޭ.އެމް.ސީ.އީއާއެވެ.

މި މަޝްރޫޢުގެ ތެރޭގައި ގާދޫގައި ވެލާ ކަހަނބު އަރާ ސަރަހައްދު ހިމާޔަތްކޮށް، ކޮންސަވޭޝަން އަދި ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. އަދި މި މަޝްރޫޢުގެ ކޮންސެޕްޓްގެ މަސައްކަތްތައް ނިންމާލާނީ ތިމާވެއްޓާއި ބެހޭ ވުޒާރާއާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ފަންނީ ލަފަޔާއި އިރުޝާދު ހޯދުމަށްފަހުކަމަށް އެމް.ޕީ.އެލުން ވަނީ ބުނެފައެވެ.

ލ. އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި މުޅިން އަލަށް ތަޢާރަފްކުރާ ކްރޫޒް ޓަރމިނަލެއް ޤާއިމްކުރެވިގެންދާނެއެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރާ އީކޯ ރިސޯޓު ޤާއިމްކުރުމަށް ރާވާފައިވާއިރު، ސުޕަރ ޔޮޓް މެރީނާއެއްވެސް ޤާއިމްކުރެވޭނެއެވެ. މީގެ އިތުރުން "އޮފް ޝޯ ބަންކަރިންގ" އަދި ޓްރާންޝިޕްމަންޓް ބަނދަރެއްގެ ޚިދުމަތްވެސް ފޯރުކޮށްދޭން ވަނީ ނިންމައިފައެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު