އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިޓީތަކާއި އަތޮޅު ކައުންސިލުން ފަސޭހައިން ޕާސްޕޯޓް ލިބޭނެ އިންތިޒާމް ހަމަޖައްސަނީ!

ސިޓީތަކާއި އަތޮޅު ކައުންސިލުން ފަސޭހައިން ޕާސްޕޯޓް ލިބޭނެ އިންތިޒާމް ހަމަޖައްސަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

އާންމު ރައްޔިތުންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ސިޓީތަކާއި އަތޮޅު ކައުންސިލުން ފަސޭހަކަމާއެކު ޕާސްޕޯޓް ލިބޭނެ އިންތިޒާމް ހަމަޖައްސަން ފަށައިފިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ސިޓީތަކާއި އަތޮޅު ކައުންސިލް އިދާރާގައި ޕާސްޕޯޓް ހެއްދޭނެ އިންތިޒާމް ރައީސްގެ އިރުޝާދާއެކު ހަމަޖައްސަވަމުންދާކަމަށާއި މިޚިދުމަތް ފުޅާކުރަމުން ދާނީ ފިޔަވަހި ތަކަކަށް ބަހާލައިގެންކަމަށެވެ.

ވަޒީރު ވިދާޅުވީ "މިޚިދުމަތް ފުޅާކުރަމުން މިދަނީ ރާއްޖޭގެ މިވަގުތުގެ ހާލަތާއި އަދި ސިޓީތަކުގެ ކަންކަން ހުރި ގޮތަށް ބަލާއިރު ފިޔަވަހިތަކަކަށް ބަހާލައިގެން. އަދި މިކަމުގައި އަޅުގަނޑުމެން ފާހަގަކުރަން ބޭނުން މިހާރުވެސް ރާއްޖޭގެ ސިޓީތަކުންނާއި ބައެއް އަތޮޅުތަކުގެ އަތޮޅު ކައުންސިލްތަކުން ޝައުގުވެރިކަން ވަރަށް ބޮޑަށް ފާޅުކޮށް، މިކަމުގެ އިންތިޒާމްތައް ހަމަޖެއްސުމަށްވެސް ބައެއް ކައުންސިލްތަކުން ވަނީ މަސައްކަތް ފަށާފައި." ކަމަށެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާމް ވަހީދު ވިދާޅުވީ "ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ ޖީބަށް ވަރަށް ބޮޑަށް ލުއިވެގެންދާނެ. އަދި ވަރަށް ވަގުތު ސަލާމަތްވެގެންދާނެކަމަށް އަޅުގަނޑު ޤަބޫލުކުރަން އިނގޭތޯ. މަހެއްގެ މައްޗަށް 1200 އެއްހާ މީހުން މިގޮތަށް މާލެ އައިސް ޕާސްޕޯޓްނެގުމުގައި ގާތްގަނޑަކަށް 5000 އާއި 6000 އާއި ދެމެދުގެ އަދަދެއްގެ ޚަރަދެއް އެބަ ކުރޭ. ހުރިހާ ރައްޔިތުންނަށް ބަލާއިރު މިއީ ވަރަށް ބޮޑު ޚަރަދެއް. އަހަރެއްގެ މައްޗަށް އެބަ ޚަރަދުވޭ 7.7 މިލިއަނެއްހާ ރުފިޔާ އާންމުންގެ އަތުން." ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު