އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުންނަށް ތަނަވަސްކަމާ ކުރިއެރުން ހޯދައިދޭން ސަރުކާރުން ކުރާ މަސައްކަތަށް ރައްޔިތުން އެއްބާރުލުން ދޭންވީ ސަބަބުތައް ރައީސް ޑރ. މުޢިއްޒު ހާމަކުރައްވައިފި

ރައްޔިތުންނަށް ތަނަވަސްކަމާ ކުރިއެރުން ހޯދައިދޭން ސަރުކާރުން ކުރާ މަސައްކަތަށް ރައްޔިތުން އެއްބާރުލުން ދޭންވީ ސަބަބުތައް ރައީސް ޑރ. މުޢިއްޒު ހާމަކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 44 ސިކުންތު

ހުރިހާ ކަމަކަށްވުރެ އަޅުގަނޑުމެންގެ ޤައުމު އިސްކުރަންޖެހޭ.

އަޅުގަނޑުމެންގެ އިޤްތިޞާދު ވެއްޓިފައޮތް އަނދަވަޅުން ނަގާ ކޮޅަށް ޖަހަން މިކުރާ މަސައްކަތަށް ދެއްވޭނެ އެއްބާރުލުމަކީއެއީ.

އަޅުގަނޑުމެންގެ މިނވަންކަން ހިމާޔަތްކޮށް މިނިވަންކަން ޔަޤީން ކުރުމަށްޓަކާ ފަށާފައޮތް މަސައްކަތަށް ދެއްވޭނެ އެއްބާރުލުމަކީ އެއީ. 

ބޭރުގެ ސިފައިން މިތާގަ ތިއްބަ، ރިވެތި މަޝްވަރާގެ އުސުލުން އެކަން ހަމަޖައްސާ ނިންމަމުންދާ ދިއުމަށް ދެވޭނެ އެއްބާރުލުމަކީ އެއީ. 

އަޅުގަނޑުމެންގެ ގެއްލިފަވާ ކަނޑުގެ ބޮޑު ސަރަޙައްދު ހޯދުމަށް ފަށާފަމިއޮތް އުނދަގޫ ބުރަ މަސައްކަތް ކާމިޔާބު ކުރުމަށް ދެވޭނެ އެއްބާރުލުމަކީ އެއީ. 

އަޅުގަނޑުމެންގެ އެކިއެކި ރާއްޖޭގެ ކަންކޮޅުތަކުގަ ކުރިއަށް ގެންދަންޖެހިފަ ހުރި މުހިއްމު ގިނަ މަސައްކަތްތައް ކުރުމަށް ސަރުކާރަށް ދެއްވޭނެ އެއްބާރުލުމަކީ އެއީ. 

އަޅުގަނޑުމެންގެ މުޅި ޤައުމުގެ ފުދުންތެރިކާމާ، ޒުވާނުންގެ ކުރިއެރުމާ، އިސްރަށްވެހިންނާ، ކަނބަލުންނަ، މުޅި މުޖުތަމަޢުގެ ހުރިހާ ރައްޔިތުންގެ ކުރިއެރުމާ ފާގަތިކަމަށް ކޮށްދެވޭނެ ކަމަކީ އެއީ. 

މިކަންކަމުގަ ސަރުކާރަށް އެއްބާރުލުން ދިނުމަށްޓަކާ އަޅުގަނޑުމެން އެކަތިގަނޑަކަށް ވެގެން ކުރިއަށް ދާން މިޖެހެނީ. 

ދެން މުޅި ޖުމްލަކޮށް ހުރިހާ ރައްޔިތުން ކިބައިންވެސް ހަމަ އެދެން އޮތީ މިގޮތުގަ އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަކީ ނަތީޖާ ނެރެވޭނެ ގޮތަކީ. 

ރައްޔިތުން އަޅުގަނޑަށް އިތުބާރު ކުރީ ނަތީޖާ ނެރެން. ނަތީޖާ ނެރެދޭ ސަރުކާރެކޭ އަޅުގަނޑު ދެންނެވީ އިރާދުކުރެއްވިއްޔާ ހިންގާނީ. ރިޒަލްޓް ނެރެވޭ ގޮތަށޭ ސަރުކާރު ހިންގާނީ. ނަތީޖާއޭ ހުރިހާވެސް އެއްޗަކީ އަޅުގަނޑަށް. 

އެ ނަތީޖާ ނެރުމުގަ ވޭތުވެދިޔަ 4 މަސް 5 މަސް ވެގެން މިދަނީ. މި ހަތަރު ފަސް މަސް ދުވަސް ތެރޭގަ އަޅުގަނޑުމެން ކުރީ އެމަސައްކަތް. އަޅުގަނޑުމެންގެ މިނިސްޓަރުންނާ، އެމްޕީން އެންމެން އެކުގަ މަސައްކަތް ކޮށް އަޅުގަނޑުމެން މުޅި ސަރުކަރުގެ ޓީމް ރައްޔިތުންނާ އެކީގަ ކުރެވެމުން ދަނީ އެމަސައްކަތް. ކޮންމެ ދާއިރާއަކުން، ކޮންމެ ވުޒާރާއަކުން، ކޮންމެ ކުންފުންޏަކުން އެމަސައްކަތްތައް އެދަނީ ނަތީޖާ ނެރުމުގެ މަސައްކަތްތައް ކުރަމުން. 

އެހެންމަ މި މަސައްކަތް ބާރު ސްޕީޑުގަ ގެންދިއުމަށްޓަކާ ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެންގެ ތާއީދު އޮތް، އަޅުގަނޑުމެން އިތުބާރުކުރާ، އަޅުގަނޑުމެންގެ ކެންޑިޑޭޓް ހޮއްވަވާދެއްވުމަކީ މިއަދު މި ނަތީޖާތައް ފުރިހަމަކޮށް ރައްޔިތުން އެދޭގޮތަށް އަޅުގަނޑު ވެފަހުރި ހުރިހާ ވަޢުދެއް ފުއްދުމަށް ރައްޔިތުންނަށް ދެވޭނެ އެންމެ ބޮޑު އެއްބާރުލުން. 

ދިވެހިންގެ ރާއްޖެއެއް ޤާއިމް ކުރުމަށްޓަކާ ރައްޔިތުން މި ފެށި މަސައްކަތް ފުރިހަމަ ކުރުމަށްޓަކާ ދެވޭނެ އެންމެ ބޮޑު އެއްބާރުލުން. ރައްޔިތުންގެ މަޖިލީހުގެ ދައުރަކާ ނުލާ ރާއްޖޭގަ ކަންކަން ހަމަ މަގުން ނުގެންދެވޭނެތީ ރައްޔިތުން އެދޭ ގޮތަށް ސަރުކާރަށް ފުރިހަމައަށް އެއްބަރުލުން ދޭނެ މެންބަރުންތަކެއް އެތަނަށް ހޮވަން ޖެހެނީ. އަޅުގަނޑުމެން ހަނދާނުން ކައްސާލައިގެން ނުވާނެ މީގެ ހަމަ ކުޑަ ދުވަސްކޮޅެއް ކުރިން ޤައުމު ކަންކަން އޮތްގޮތް. ހުރިހާ ދާއިރާއަކުންވެސް އެކަންކަން އޮތްގޮތް. 

- ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން

Advertisement

ކޮމެންޓް ކުރެއްވުމަށް
އަހުމަދު