އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު
ފައިސާ ޗާޕުކުރި ހަނދާން ހަނދާން ނައްތާލައިގެން ނުވާނެ. އަޅުގަނޑުމެން އެންމެން މިއަދު މިޙާލުގަ މި ތިބެން ޖެހުނީ އެ ފައިސާ އެވަރަށް ޗާޕު ކުރީމަކަން ހަނދާން ނައްތާލައިގެން ނުވާނެ. 8 ހާސްމިލިއަން ރުފިޔާ 5 އަހަރުތެރޭގަ ޗާޕުކުރިކުރުން ހަނދާން ނައްތާލައިގެން ނުވާނެ. 8 ހާސް މިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރި،
އެއީ އޭގެ ކުރީގެ 40 އަހަރު ޗާޕުކުރި 6 ހާސް މިލިއަން ރުފިޔާއާ ނުބައްދަލް ބޮޑު އަދަދެއް. ޗާޕްކުރިކުރީނުންގޮސް ފައިސާގެ އަގުވައްޓާލާ ޑޮލަރުގެ އަގު ގޮސް 20ރުފިޔާއަށް އަރާފަ އެއޮތީ. އަޅުގަނޑުމެން އައިސް ފައިސާ ޗާޕުކުރުން ހުއްޓާލީ. ފައިސާ ޗާޕުކުރުން ހުއްޓާލާ، ބޭރުގެ ދަރަނިތައް ދައްކަމުން، އިޤްތިޞާދު ހަރުދަނާ ކުރަމުން މި ދަނީ. ދަތީ އެ އަގުތައް ތިރިވަމުން އެދަނީ. ޑޮލަރު އަގުވެސް ހިފެހެއްޓި ތިރިވަން ފަށާފަ އެވަނީ. މީ އަގުތައް އެންމެ މައްޗަށް ދާ ދުވަސްވަރު އަބަދުވެސް. އެހެން ނަމަވެސް މިފަހަރު ނުދޭނޫންތޯ. ބަރަކާތްތެރި ރަމަޟާންމަސްވެސް ނިމިގެން މިދަނީ އިރާދުކުރެއްވީތީ މައިގަނޑު ހުރިހާ ބާވަތެއްގެ އަގުތައް އެހެރީ ތިރިކޮށް ކުރިއާ ބަލާފަ ހަމަ ކޮންޓްރޯލް ވެފަ ނޫންތޯ؟
- ރައީސް ޑރ.. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން
Advertisement
2 އޭޕްރީލް 2024