އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ފުރަތަމަ ސްމާޓް ޕާކިންގެ ޖާގައަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

ރާއްޖޭގެ ފުރަތަމަ ސްމާޓް ޕާކިންގެ ޖާގައަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ރާއްޖޭގެ ފުރަތަމަ ސްމާޓް ޕާކިންގެ ޖާގައަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ސްމާޓް ޕާކިންގައި ޕާކްކުރަން ބޭނުންވާ ފަރާތްތަކަށް ބީލަން އުސޫލުން ޕާކިން ޖާގައަށް އެދުމުގެ ފުރުޞަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗް.ޑީ.ސީ) އިން ހުޅުވާލައިފައިވަނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަކޮށްގެންނެވެ. 

ހުޅުމާލެ ފިތުރޯނު މަގު، ފެރީ ޓަރމިނަލް ޕާކު ކައިރީގައި ތަރައްޤީކޮށްފައިވާ ފިތުރޯނު ސްމަރޓް ޕާކިންގ ޒޯންއިން ޕާކްކުރުމަށް 41 ޖާގަ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 3 އަހަރުގެ މުއްދަތަކަށެވެ.

ޕޮއިންޓް ދޭ އުސޫލުން އެންމެ މަތިން ޕޮއިންޓް ހޯދާ މީހުންނަށް ޖާގަތައް ކުއްޔަށް ދޭއިރު ބީލަން ފެށޭ އަގަކީ 1،500ރ. އެވެ.

އެޗް.ޑީ.ސީން ބުނެފައިވަނީ އަންނަ މަހުގެ 24 ވަނަ ދުވަހު ބީލަން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް
ހަސަން އަލީ