އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުވައްމުލައް އެއަރޕޯޓާ އިންވެގެން އޮންނަ ހުސް ބިމުގައި 12 ހެކްޓަރުގެ ޓޫރިޒަމް ޒޯނެއް ތަރައްޤީކުރަނީ

ފުވައްމުލައް އެއަރޕޯޓާ އިންވެގެން އޮންނަ ހުސް ބިމުގައި 12 ހެކްޓަރުގެ ޓޫރިޒަމް ޒޯނެއް ތަރައްޤީކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

ފުވައްމުލައް އެއަރޕޯޓާ އިންވެގެން އޮންނަ ހުސް ބިމުގައި 12 ހެކްޓަރުގެ ޓޫރިޒަމް ޒޯނެއް ތަރައްޤީކުރުމަށް ނިންމާ އެކަމާ ގުޅޭ މަސައްކަތްތައް ސިޓީ ކައުންސިލުން ފަށައިފިއެވެ.

ރީޖަނަލް އެއަރޕޯޓްސް އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ އެއްބަސްވުމުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އިސްމާޢީލް ރަފީޤްއެވެ. އަދި ރީޖަނަލް އެއަރޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަޙުމަދު މުބީންއެވެ.

މިކަމާގުޅިގެން ފުވައްމުލައް ސިޓީގެ މޭޔަރ ވިދާޅުވީ، މި ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް އެއަރޕޯޓާ އިންވެގެން އޮންނަ ހުސް ބިން "ބިޅިފޭށި" ސަރަޙައްދުން 12 ހެކްޓަރުގެ ބިމެއް ކަނޑައަޅައިގެންކަމަށާއި ރީޖަނަލް އެއަރޕޯޓާއެކު އެއްބަސްވެފައިވަނީ މި ބިން ފަތުރުވެރިކަމަށް ތަރައްޤީކުރުމަށް އިންވެސްޓަރުން ހޯދުމާއި ޕްރޮޖެކްޓް ޑިޒައިންކުރުން އަދި ޕްރޮޖެކްޓް ކުރިއަށްގެންދިއުމުގައި އެއްބާރުލުންދީ ގުޅިގެން މަސައްކަތްކުރުންކަމަށެވެ.

މި އެއްބަސްވުން ޤާއިމުކޮށްފައިވަނީ ދެ އަހަރުގެ މުއްދަތަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު