އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލޭ 4 ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާގޮތަށް ނިންމަވައިފި

މާލޭ 4 ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާގޮތަށް ނިންމަވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 39 ސިކުންތު

މާލޭ 4 ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާގޮތަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފައިވަނީ މޫސުން ތަން ދޭނަމަ، މާލެ، ވިލިމާލެ އަދި ހުޅުމާލޭ ފޭސް އެކަކާއި ދޭއްގައި ބޮޑު ޖަމާޢަތުގައި ފިޠުރު ޢީދު ނަމާދުކުރުން އޮންނާނެކަމަށާއި އަދި މިސަރަހައްދުގެ 22 މިސްކިތެއްގައިވެސް ޢީދު ނަމާދުކުރާނެކަމަށެވެ.

މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން އޮންނާނީ މާފަންނު ސްޓޭޑިއަމްގައެވެ. ވިލިމާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން އޮންނާނީ ބޯޅަދަނޑުގައެވެ. ހުޅުމާލޭ ފޭސް 1 ގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން ސިންތެޓިކް ޓްރެކް ސަރަޙައްދުގައި އަދި ފޭސް 2 ގައި ކްރިކެޓް ސްޓޭޑިއަމް ސަރަޙައްދުގައި އޮންނާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު